Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ރައީސް

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

ފުލުހުން ޕީޕީއެމްގެ ރައީސްގެ އޮފީހަށް ވަނީ ކޯޓް އަމުރެއް ތަންފީޒް ކުރުމަށް ކަމަށް ބުނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 31 މާރިޗު 2017 | ހުކުރު 21:18
ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމް ދިދަ ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ

ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމް ދިދަ ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުއްދަ ނުހޯދައި ޕީޕީއެމްގެ ރައީސްގެ އޮފީހަށް ވަދެ ގެއްލުން ދިން މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުގެ އަމުރަކާ ގުޅިގެން ފުލުހުން ޕީޕީއެމްގެ ރައީސްގެ އޮފީހަށް ވަދެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ ނެގުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ގެއްލުން ދީފައި ވާތީ އެ ގެއްލުން ދިން މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށެވެ.

ކޯޓު އަމުރު ތަންފީޒްކުރުމަށް ކަމަށް ބުނެ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަން ބޯޑާއި، ދިދަ ނެގުމަށް ފުލުހުން، ހ. ތެމާއަށް ވަދެފައިވަނީ، ހުކުރު ދުވަހުގެ ރޭ 7:30 ގައެވެ. އަދި ފުލުހުން އެ އޮފީހަށްވަދެފައި ވަނީ، އޮފީހުގެ ތަޅު ހަލާކުކޮށްލުމަށް ފަހުގައެވެ. ތަޅު ހަލާކުކޮށްލުމަށް ފަހު ވަދެ ވަނީ ރައީސް މައުމޫނުގެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ ނަގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަން ބޯޑް ނަގައިފަ އެވެ.

ފުލުހުން ރައީސް މައުމޫންގެ އޮފީހަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލްކޮށް ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށާއި، ޕީޕީއެމްގެ ނަމުގައި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށާއި، އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެފަދަ އެއްވެސް ހަރަކާތެއް ހިންދިޔަ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިވިލްކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އަމުރު ތަންފީޒްކުރުމަށް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށް އެންގުމުގައި ބުނެގައި ވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
09 މާރިޗު 2017

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި

09 މާރިޗު 2017
ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު