Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުމޫނުުުުގެ ތަފާތު ޓްވީޓެއް!

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

ޕާޓީ ހިންގުމުގެ ބާރުތައް ވަނީ އެމަނިކުފާނުގެ އަތްޕުޅުން ނަންގަވާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 12:33
ޕީޕީއެމްގެ ރައީސް މައުމޫނު

ޕީޕީއެމްގެ ރައީސް މައުމޫނު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސަރުކާރުގެ ފަރާތުން އެކި އެކި ހުރަސްތައް ކުރިމަތި ކުރަމުންދާ ދުވަސްވަރެއްގައި ޓްވިޓާ މެދުވެރުކުރައްވައި އެމަނިކުފަނު ތަފާތު ސުވާލުތަކެއް ކުރައްވައިފިއެވެ.

ބޭސް ފަރުވާއަކަށް މިވަގުތު އިންޑިއާގެ ބެންގަލޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫނު ހޮނިހިރު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ފުރަތަމަ ކުރައްވާފައިވާ ސުވާލަކީ "އަޅުގަނޑުގެ އަމިއްލަ ނަން ކިޔުމުގެ ހުއްދަ އޮތްތޯ" އެވެ.

އޭގެ ފަހުން "އަޅުގަނޑަކީ މުސްލިމެއް ކަމާއި ދިވެއްސެއްކަމާއި، އަދި އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމުގެ ހުއްދަ އެބައޮތްތޯ" އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލުތައް ކުރައްވާފައިވަނީ، "އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުން ނުވާ" ކަމަށް ވިދާޅުވަމުންނެވެ.

އެމަނިކުފާނުގެ މި ޓްވީޓާ އެކު ސޯޝަލް މިޑިއާގައި އެކި މީހުން އެ ޓްވީޓް ޝެއާކޮށް ރިޓްވީޓް ކުރަމުން ދިޔައެވެ.

ރައީސް މައުމޫނު ގިނަ ބަޔަކަށް ސިފަވެފައި އޮންނަނީ ވަރަށް ސީރިއަސް ބޭފުޅެއްގެ ގޮތުގައެެވެ. ނަމަވެސް، ފަހަކަށް އައިސް މިފަދަ "ސާކަސްޓިކް" ބައެއް ވާހަކަފުޅުތައް ވިދާޅުވަމުން ގެންދަވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމަނިކުފާނުގެ މި ޓްވީޓަށް ރައްދު ދެމުން އެކަކު ބުނެފައި ވަނީ، ތިކަމަށް ގޮތެއް ނިންމާނީ ނޫ ޔުނިފޯމުގައި ތިބި މީހުންނާއި، ކޯޓްތަކުން ކަމަށެވެ.

އެމަނިކުފާނު މި ސުވާލުތަކުގެ އަމާޒަކީ ވެސް ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތައް ކަމަށް ބެލެވެ އެވެ. ޕީޕީއެމްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށް ވިޔަސް، ސިވިލް ކޯޓުގެ ހުކުމަކާ އެކު ޕާޓީ ހިންގުން ވަނީ އެމަނިކުފާނުގެ އަތްޕުޅުން ނަންގަވައި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ.

ހުކުރުދުވަހު އެމަނިކުފާނުގެ އޮފީސް ބަންދުކުރުމާއި ހަމައަށް ރައީސް މައުމޫން ގެންދެވީ، ދެ ބައި ވެފައި އޮތް ޕީޕީއެމްގައި އެމަނިކުފާނުގެ ޕެކްޝަންގެ ފަރާތުން މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ކުރިން ޕީޕީއެމްގެ އޮފީސް ބޭނުންކުރެއްވުމާއި ޕީޕީއެމްގެ ރައީސްގެ ލެޓަހެޑްގައި އެކި ބަޔާންތައް ނެރުއްވަމުން ގެންދެވިއެވެ. ނަމަވެސް އިދިކޮޅު ތިން ސިޔާސީ ލީޑަރުންނާ އެކު މަސައްކަތްކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ އެކު ރައީސް ޔާމީން ފެކްޝަނުގެ ކައުންސިލުން ވަނީ އެ ޕާޓީގެ މެންބަރު ކަމުން ރައީސް މައުމޫނު ވަކިކުރުމަށް ސްލޫކީ ކޮމިޓީ އަށް ހުށަހަޅައި އަދި އެގޮތަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިދިޔަ ބުދަދުވަހުގެ ރޭ ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ނަމާއި ލޯގޯ އާއި ލެޓަހެޑް ފަދަ ތަކެތި ބޭނުންނުކުރެވޭނެ ކަމަށް ބުނެ އަމުރެއް ނެރެފަ އެވެ. އަދި ޕާޓީއާ ގުޅުން ނެތް ބަޔަކު އެކަން ކުރާ ނަމަ އެކަން ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. އެ އަމުރާއި އެއްގޮތަށް ހުކުރު ދުވަހު ފުލުހުންނަށް ވަނީ ބާރުގެ ބޭނުންކޮށް އޮފީހުގެ ތަޅު ހަލާކުކޮށްފައި، އެމަނިކުފާނުގެ އޮފީސް ހ. ތެމާގައި ހުރި ޕީޕީއެމްގެ ނަން ބޯޑު ނަގައި ދިދަ ވެސް ބާލާފަ އެވެ. ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެކެވެ.

މި ފަހަކުން ރައީސް މައުމޫނު ވަނީ ރައީސް ޔާމީނުގެ ފެކްޝަނަށް "ދަރުބާރުގެ ގްރޫޕް" ގެ ނަމުން ނަންދެއްވާފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕީއެމް ހިންގަވަން ފެށި ފަހުން ޕާޓީގެ ގިނަ ހަރަކާތްތައް ބާއްވަމުން އަންނަނީ ދަރުބާރުގޭގައިކަން ފާހަގަ ކުރެވެއެވެ. އެމަނިކުފނުގެ މި ޓްވީޓަށް ހިތްވަރުދެއްވި ބައެއް މީހުން ބުނެފައިވަނީ، ފަސްޖެހުމެއް ނެތި ކުރިއަށް ވަޑައިގަތުމަށެވެ. އަދި އެމަނިކުފާނަށް ކުރަމުންދާ ދުއްތުރާތައް ކަމާބެހޭ ފަރާތްތަކަށާއި އެޗްއާރުސީއެމަށް ހުށައެޅުމަށް އެއްބަޔަކު ވަނީ ގޮވާލާފައެވެ.

ކުއްޔަށް ހިފާފައި ހުރި ތަނަކަށް އެއްވެސް ހުއްދައެއް ނެތި ވަދެ ގެއްލުންތަކެއް ދިން މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

"މަނިކުފާނުގެ ވާހަކަފުޅު މިހާރު ތި ހުރީ އިސްލާހަށް މަސައްކަތް ކުރާ އެމްޑީޕީގެ އެކްޓިވިސްޓެއް ގޮތަށް" އެކަކު ބުނެފައި ވެއެވެ.

ރައީސް މައުމޫނުގެ ޓްވީޓްއަށް ރައްދުދެމުން އެކަކު ބުނެފައިވަނީ، ޚުދު މަނިކުފާނަކީ ޕާޓީއެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާ އެކު އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުރުމަށް އެދިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު