Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއަށް ކުރަމުންދާ ވިއްސާރަ

މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު އަދިވެސް ނުހިނދޭ!

5 ޑިސެމްބަރު 2018 | ބުދަ 14:26

ޑިޒާސްޓަރ މެނޭޖްމަންޓްއިން ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދެމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ޑިސެމްބަރު 2018 | ބުދަ 14:26
އަމީނީމަގު ފިނޭންްސް މިނިސްޓްރީ ކާރީގައި ފެންބޮޑުވެފައި

އަމީނީމަގު ފިނޭންްސް މިނިސްޓްރީ ކާރީގައި ފެންބޮޑުވެފައި

ބޯކޮށް ވާރޭ ވެހެމުން ދިއުމާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައިވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސްވަނީ ފެންވަދެފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފްއިން ދަނީ ފެންހިއްކުމުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނެފައިވަނީ މިހާތަނަށް މާލެއަށް އެކަނިވެސް 140 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލޭގެ ދެ ގެއެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އެގޭގޭގައި ދިރިއުޅޭ މީހުންވަނީ ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފައިވެއެވެ. ބުދަ ދުވަހު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހީ ވުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓްގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ ސިފައިންވެސް މަގު މައްޗަށް ނެރެގެން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވިއްސާރަގައި ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޑިޒާސްޓަރ މެނޭޖްމަންޓުންދަނީ ކަލާފާނު ސްކޫލްގައި މަރުކަޒު ހަދައި އެ ސްކޫލްގައި ހަރަކާތްތެރިވަމުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓްގެ ފަރާތުން ވާހަކަދެއްކެވި އިހްސާން ހަސަން ވިދާޅުވީ ފުލުހުންނާއި ރެޑް ކްރެސެންޓުގެ ބޭފުޅުން އެކުލެވޭގޮތަށް އެ ތަނުގެ ޓީމްތަކެއް މިހާރު މިހާރު މާލެ ތެރޭގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. އަދި މީގެ އިތުރުން އެ ބޭފުޅާ ވަނީ މިކަހަލަ ދަނޑިވަޅެއްގައި ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މާލޭ ސިޓީ އަށް ބޯކޮށް ވާރޭ ވެހެމުން ދާތީ ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޓެކްސީގެ ޚިދުމަތް މެދުކަނޑާނުލުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވަނީ އިލްތިމާސް ކުރައްވާފައެވެ.

ބުދަ ދުވަހު މާލޭ ސިޓީއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިނިސްޓަރ ކުރައްވާފައިވާ ޓްވީޓް ގައި ޓެކްސީތައް ޕާކް ކޮށްފައި ނުބާއްވާ އާންމުންގެ ޚިދުމަތަށް ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި ދުއްވާ މީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށާއި ޕާކް ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަކީ ޒަމާނުއްސުރެން ހައްލެއް ނުލިބިފައި އޮތް ކަމެކެވެ. ނިމިގެންދިޔަ ސަރުކާރުން ވަނީ މި މައްސަލް ހައްލު ކުރުމަށް ޕްރޮޖެކްޓްތަކެއް ހިންގާފައެވެ. އެގޮތުން އަމީނީ މަގުގައި "ސްޓޯމް ޑްރެއިނޭޖް ސިސްޓަމް" ތަކެއް ވެސް ހަރުކުރިއެވެ. ނަމަވެސް މާލޭގައި މި ފަހުން ފެންބޮޑުވެގެން އޭރުގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒުއާއި ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެ ސިސްޓަމްތައް މަސައްކަތް ނުކުރީ ބަޔަކު އެ ސިސްޓަމްތަކަށް ގެއްލުން ދީގެން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް