Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - ޖަޕާން

ޖަޕާނުގެ ބޮޑުވަޒީރުގެ މުޝީރު، ރައީސް ސޯލިހާއި ޚާރިޖީ ވަޒީރު ޝާހިދާއި ބައްދަލުކުރައްވައިފި

4 ޑިސެމްބަރު 2018 | އަންގާރަ 14:33

ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޑިސެމްބަރު 2018 | އަންގާރަ 14:33
ކެންޓާރޯ ސެނައުރާ (ވ) ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ

ކެންޓާރޯ ސެނައުރާ (ވ) ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައުރާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންޓާރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުހަބާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރާއްޖެއާއި ޖަޕާނާ ދެމެދުގައި 1967 ވަނަ އަހަރު ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރާއްޖެއިން އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ޤާއިމު ކުރި ފުރަތަމަ އެމްބަސީ ޤާއިމުކޮށްފައިވަނީ ޖާޕާނުގައިކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މިކަމުން އެކަނިވެސް ރާއްޖެއިން ޖަޕާނަށް ދޭ އަހައްމިއްޔަތު އެނގިގެންދާކަމުގައެވެ. މީގެ އިތުރުން ޖަޕާނުން އަބަދުވެސް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ކެންޓަރޯ ސޮނޮއުރާ ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞޯލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި ޖަޕާނަކީ ގިނަ ކަންކަމުގައި ޚާއްޞަކޮށް ބައިނަލްއަޤްވާމީ ކަންކަމުގައި އެއްގޮތް ވިސްނުންގެންގުޅޭ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއާއި، އަސްކަރީ ގުޅުން ބަދަހިކުރުމާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ރައީސް ސޯލިހާއި ކެންޓަރޯ ސޮނޮއުރާ ވަނީ މަޝްވަރާކުރައްވާފައެވެ.

ހޯމަ ދުވަހުގެރޭ ކެންޓާރޯ ސެނައުރާ ރާއްޖެ ވަޑައިގެންފައިވަނީ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. ސެނައުރާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ޖަޕާނުން ރާއްޖެއަށް ވަޑައިގެންނެވި އެންމެ އިސް ބޭފުޅާއެވެ. ސެނައުރާ ވަނީ އަންގާރަ ދުވަހުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއިއެކު އަންގާރަ ދުވަހު ޚާރިޖީ ވުޒާރާގައި ބައްދަލުކުރައްވާފައިވާއިރު އެކި ރޮނގުރޮނގުން، ޚާއްސަކޮށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވާރާކުރެއްވިއެވެ.

ކެންޓާރޯ ސެނައުރާ (މ) ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި (ކ) އެކު

ސެނައުރާ ދަތުރުފުޅާއި ދިމާކޮށް ޖަޕާނު ސަރުކާރުން ވަނީ 41 މިލިއަން ރުފިޔާގެ އެހީއެއް ދިވެހި ސަރުކާރަށް ދީފައެވެ. މި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއެކުރެއްވީ އެޤައުމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯއެވެ.

ކެންޓާރޯ ސެނައުރާގެ ޝަރަފުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލު ވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވާފައެވެ. މި ފަރިއްކޮޅުގައި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން ސެނޯރާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް