ރައީސް މައުމޫނަށް ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފި
1 ޑިސެމްބަރު 2018 | ހޮނިހިރު 13:32ޑިގްރީ އަރުވާފައި ވަނީ ގާޑަން ސިޓީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޖޯސެފް ވީޖީ

ޑޮކްޓަރޭޓް ޑިގްރީ ރައީސް މައުމޫނަށް އެރުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމަށް، އިންޑިއާގެ ގާޑަން ސިޓީ ޔުނިވާސިޓީން ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފިއެވެ.
ރައީސް މައުމޫނަށް ޑޮކްޓަރޭޓް ޑިގްރީ އަރުވާފައިވަނީ ގާޑަން ސިޓީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޖޯސެފް ވީޖީ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މިމަސައްކަތަށް ލިބެމުންދާ އިތުރު ހިތްވަރެއް ކަމަށެވެ. އަދި މައުމޫން ފައުންޑޭޝަނަށް މީގެ ކުރިން ގިނަ ސްކޮލާޝިޕްތަކެއް ފޯރުކޮށްދެމުންދާތީ އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން ހިންގަވާ މައުމޫން ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އަންނަނީ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލަމުންނެވެ.









