Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން

ޑިސަޕޮއިންޓް ނުވާނެ ފޯމިއުލާ އެއް މަޖިލީހަށް ނެރޭނަން: ގާސިމް

30 ނޮވެމްބަރު 2018 | ހުކުރު 16:15

ބައްދަލުވުން ނިންމާފައި ވަނީ އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން ވަކި ގޮތެއް ނުނިމި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 ނޮވެމްބަރު 2018 | ހުކުރު 16:15
ހަތަރު ޅީޑަރުން މަޝްވަރާ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ހަތަރު ޅީޑަރުން މަޝްވަރާ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުން "ޑިސްއެޕޮއިންޓް ނުވާނެ ފޯމިއުލާ އެއް" ނެރޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅިވެއްޖެއެވެ.

އަންނަ އަހަރު މަރޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާނެ ގޮތެއް ނިންމާއިރު، އެކަމަށް ރައްޔިތުން ހިތްހަމަޖެހޭނެ ފަދަ ފޯމިއުލާ ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކަމަށެވެ. ނަމަވެސް "އެއީ ކޮން މެޖިކް ފޯމިއުލާ އެއްތޯ ސުވާލު ނުކުރެއްވުމަށް" ގާސިމްވަނީ މީޑިއާތަކުގެ ފަރާތުން އެދިފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭ ފޯމިއުލާ އެއް ނެރޭނެ ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement
"ރައްޔިތުން ޑިސްއެޕޮއިންޓް ނުވާނެ ގޮތަކަށް އަޅުގަނޑުމެން އެ ފޯމިއުލާ ނެރޭނަން ﷲ އިރާދަކުރެއްވިއްޔާ. އެއީ މެޖިކް ފޯމިއުލާއެއްތޯ ތި ބޭފުޅުން ސުވާލުނުކުރައްވާތި. އެކަމަކު ނެރޭނީ އެ ފޯމިއުލާ،" ގާސިމް ވިދާޅުވިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ ވަކި ވަކިންނެވެ.

އެމްޑީޕީގެ އޮފީހުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ލީޑަރ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރަން މަޝްވަރާކުރެވޭނެ ހުރިހާ ގޮތަކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަކީ އެކަށީގެންވާ ޓެކްނިކަލް މަސައްކަތެއް ކަމަށާއި، އުއްމީދުކުރައް ވަނީ މި ކަމުގައި ވަކި ގޮތެއް ހުކުރުދުވަހު ނިންމޭނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަކީ އެކަށީގެންވާ ޓެކްނިކަލް މަސައްކަތެއްކަން. ގޮނޑިތަކުގެ އަދަދާއި ޝައުގުވެރިކަން ހުންނަ މިންވަރާއި. އަޅުގަނޑުމެން އެއްވެސް ހާލެއްގައި މަސައްކަތް ކުރަމުންނެއްނޫން މި ދަނީކީ، ރާއްޖޭގެ ރައްޔިތުންނަށް އެ މީހުން ބޭނުންވާ، އިހްތިޔާރު ކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރި ނުވެވޭނެ ގޮތަކަ،ށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބައްދަލުވުން ކުރިއަށް ދިޔަ ގޮތާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މައުމޫން ރިފޯރމް މޫވްމަންޓްގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި، ގޮތެއް ނިންމާނީ ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ.

"ވަރަށް އެކުވެރި ރަހްމަތްތެރި ޖައްވެއްގައި ވާހަކަދައްކާލާފައި މިއަދު މި ނިންމާލީ. ނަމަވެސް އަޅުގަނޑުމެން ނިންމީ އަދިވެސް އެ ވާހަކަތައް ދައްކާފައި މަޝްވަރާކޮށްގެން ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަކަށް މި ކަން ނިންމަން" ރައީސް މައުމޫން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވީ ހަތަރު ޕާޓީ މަޝްވަރާކޮށްގެން ގައުމަށް އެންމެ ފާއިދާހުރި ހައްލެއް މި ކަމުގައިވެސް ނެރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަޝްވަރާކޮށްގެން އަބަދު ވެސް އެންމެނަށް އެއްބަސް ވެވޭ ރަނގަޅު ގޮތެއް އެއީ މިހާ ހިސާބަށް ކުރެވިފައި ހުރި ތަޖްރިބާ. އަޅުގަނޑުމެން މި ކަމުގައި ވެސް އެންމެނަށް އެއްބަސްވެވޭ އެންމެންނަށް އެންމެ މަސްލަހަތު ހުރި ކޮންމެ ވެސް ހައްލަކާއިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިކުންނާނަން" އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް