ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި ނާޒިމް އުޅުއްވި


ކުރީފެ ރައީސް ނަޝީދު(ކ) އަދި ނާޒިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމާއި އެމަނިކުފާނު ބައްދަލު ކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ނަޝީދާއި ނާޒިމް ބައްދަލު ކުރެއްވުމަށްފަހު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހާލަތާއި ގުޅޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ނާޒިމްގެ މައްޗަށް ކުރިއެވެ. އޭގެ ފަހުން ގާތްގަނޑަކަށް 3 އަހަރު ޖަލުގައި ހުންނެވުމަށްފަހު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައި ހުންވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އަމުރު ކޮށްފައެވެ.