Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރަން އެންމެ މަތިން މާކްސް ލިބުނީ އާމިރާއަށް

29 ނޮވެމްބަރު 2018 | ބުރާސްފަތި 16:06

75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައި ވަނީ ތިން ބޭފުޅަކަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 29 ނޮވެމްބަރު 2018 | ބުރާސްފަތި 16:06
ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ

28 ނޮވެމްބަރު 2018 އަށް ހުސްވާ ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވި ނަންފުޅުތަކުގެ ތެރެ އިން އެންމެ މަތިން މާސްކް ހޯއްދެވީ ސ ފޭދޫ ކުމުންޒާނިގެ ފާތިމަތު އާމިރާއެވެ.

ސީއެޗްސީގައި ޕްރިސިޕަލްކަމާއި އެޑިޔުކޭޝަންގެ ގިނަ މަގާމްތައް ފުރުއްވާފައިވާ އާމިރާ އެންމެ މަތިން މާކްސް ހޯއްދަވާފައި ވާއިރު، އޭނާ އަށް ލިބިވަޑައިގެންފައި ވަނީ 89 ޕަސެންޓް މާކްސްއެވެ.

Advertisement - newsAdvertisement

ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރަކު ހޮވުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވި ގޮތުގެ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީގެ މަރްހަލާ އިން ފާސްވީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުން ކަމަށެވެ. 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައި ވަނީ ތިން ބޭފުޅަކަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ:

  1. ފާތިމަތު އާމިރާ ކުމުންޒާނިގެ ސ. ފޭދޫ 89 ޕަސެންޓް
  2. އަބްދުއްރަހީމް ހަސަން ލިލީގެ ތ. ހިރިލަންދޫ 83.4 ޕަސެންޓް
  3. މުހައްމަދު މާހިދު ޝަރީފް މ. ވެލެގަލި 79.5 ޕަސެންޓް

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރަކު ހޮވުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނު ކުރުމުން 22 ބޭފުޅަކު ކުރިމަތިލައް ވާފައިވާ އިރު، އޭގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 14 ބޭފުޅުންނެވެ. 14 ބޭފުޅުންނަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިންޓަރވިއު އަށް ދެންނެވުމުން އެއް ބޭފުޅަކު ވަނީ ނަން އަބުރާ ގެންދަވާފައެވެ. އެހެންކަމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އިންޓަރވިއު ކޮށްފައި ވަނީ 13 ބޭފުޅުންނާއެވެ.

ކޮމިޓީގެ ތެރެއިން މާރކްސް ދިނުމަށް ކަނޑައެޅުނު އޮނިގަޑުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތައުލީމް އާއި ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ އަދި އިންޓަރވިއުގެ މަރްހަލާގައި މާރކްސް ހޯދި ގޮތަށެވެ.

ސީއެސްސީ އަށް މެމްބަރަކު އައްޔަން މި ކުރަނީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މުއްދަތު މި މަހު ފަހުކޮޅު ހަމަވާތީ އެވެ.

އެހެން މިނިވަން މުއައްސަސާތަކާ ތަފާތުކޮށް، ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސްޖުލްމްހޫރިއްޔާގެ ދައުރެއް ނޯވެ އެވެ. ސީއެސްސީ އަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް