Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައްސަރު ޓެކްސް

އަންހެނުންނަކީ އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކޭ ފަރާތްތަކަށް އީވާގެ ރައްދެއް

28 ނޮވެމްބަރު 2018 | ބުދަ 08:21

އަންހެނުންނަކީ އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށް އީވާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ނޮވެމްބަރު 2018 | ބުދަ 08:21
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އަންހެނުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް އަދި އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕެކްސްއިން ޖީއެސްޓީ ކަނޑާލުމާ ގުޅޭގޮތުން މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ބަހުސްގައި ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވެފައިވަނީ އަންހެނުންނަކީ ކޮންމެވެސް ފިރިހެނެއްގެ ބެލުމުގެ ދަށުގައި އަބަދުވެސް ހުންނަންޖެހޭ ބައެއް ކަމަށާއި، ޕެޑުން ނަގާ ޓެކްސް ކަނޑާލުމަކީ އަންހެނުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބެލުމަށްވުރެ މިއީ ފިރިހެނުންގެ އަތްމައްޗަށް ޚަރަދުކުރުމަށް ދެވޭ ލުޔެއްގެ ގޮތުގައި ފާހަގަކުރުން މާ މުހިއްމު ކަމަށެވެ.

މިކަމާއި ގުޅިގެން އީވާ ވިދާޅުވެފައިވަނީ ވަޒީފާ އަދާކުރުމާއި ރާއްޖޭގެ އިޤްތިސާދު ބިނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށާއި، އަންހެނުންނަކީ މަސައްކަތެއް ނުކޮށް، އަދި އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކެމުން އަންނަ ދެކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިއީ ފިރިހެން މީހާގެ އަތްމައްޗަށް ހޯދައިދެވޭ ލުޔެކޭ ވިދާޅުވުމަކީ މިހާރު ދައްކާ ފެންވަރުގެ ވާހަކައެއް ނޫން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"މިއީ ފިރިހެން މީހާއަށް ހޯދައިދިން ލުޔެކޭ، ފިރިހެން މީހާގެ އަތްމައްޗަށް ހޯދައިދިން ލުޔެކޭ، މިއީ ދެން މިހާރު އަޅުގަނޑުމެން ދައްކާ ފެންވަރުގެ ވާހަކައެއް ނޫން،" އީވާ ވިދާޅުވިއެވެ.

މިހާތަނަށް ޕެޑުންނަގާ ޓެކްސް ކަނޑާލާފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ކެންޔާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ. އަދި އަވައްޓެރި އިންޑިޔާއިންވެސް ދާދިފަހުން ޕެޑުން ނަގަމުން ދިޔަ 12% ޓެކްސްވަނީ އުވާލާފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް