Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓް

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

ޤަވާއިދާ އެއްގޮތައް ފިޔަވަޅު އެޅުމަށާއި މައްސަލަތައް ޝަރީއަތައް ހުށަހަޅަން ޖެހޭ: އޮޑިޓަރ ޖެނެރަލް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2017 | ބުދަ 19:06
ފުވައްމުލަކު ފަރަށް އެރި ބޯޓް: އީޕީއޭއަށް ޖޫރިމނާގެ ގޮތުގައި 19 މިލިއަން ރުފިޔާ ނުލިބިވޭ

ފުވައްމުލަކު ފަރަށް އެރި ބޯޓް: އީޕީއޭއަށް ޖޫރިމނާގެ ގޮތުގައި 19 މިލިއަން ރުފިޔާ ނުލިބިވޭ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އެކިއެކި ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިމިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ނިޔަލަށް އެއެޖެންސީއަށް ލިބެންޖެހޭ ކަމަށް ލިޔެކިޔުންތަކުން ދައްކާ ނަވާރަ މިލިއަން ހަތްދިހަ ފަސް ހާސް ހަތް ސަތޭކަ ފަސްދޮޅަސް ރުފިޔާ މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާވެސް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހެން ދިމާވެފައިވަނީ ޖޫރިމަނާ ކުރެވޭ ވަގުތުން ފެށިގެން ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް، ގަވާއިދުން ލިބިދޭ އިސްތިއުނާފްގެ ފުރުސަތަށް އެފަރާތުން އެދުމުން އީޕީއޭއަށް ޤާނޫނުން ލިބިދޭ ފައިސާ ހޯދުމުގެ ބާރު ހަނިވެގެންދާތީކަމަށް އެފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ދައުލަތައް ލިބެންޖެހޭ ފައިސާ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެއޮފީހަކުން އަޅާފައި ހުރި ފިޔަވަޅުތައް އިނގޭނޭ ގޮތައް ރިކޯޑްތައް ބެލެހެއްޓުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވީނަމަވެސް އީޕީއޭއިން އެފަދައިން އަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އަޅަންވީ ފިޔަވަޅުތަކުގެ ތެރޭގައި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތައް ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާއި އެގޮތުންވެސް ނުލިބޭނަމަ މައްސަލަތައް ޝަރީއަތައް ހުށަހެޅުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު