Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަޔަން އެއަރގެ ފްލައިޓް ވެއްޓުން

ލަޔަން އެއަރގެ ފްލައިޓް ވެއްޓުން: ސަލާމަތީ ކަންކަން ރަނގަޅުކުރަން ރިޕޯޓުގައި އަންގައިފި

ލަޔަން އެއަރގެ ފްލައިޓް ވެއްޓުނީ އޮކްޓޯބަރ މަހުގެ 29 ވަަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2018 | ބުރާސްފަތި 15:38
ލަޔަން އެއަރގެ ފްލައިޓް ޖޭޓީ 610 ގެ އިންޖީނު ބަލައި ތަހުގީގުކުރަނީ

ލަޔަން އެއަރގެ ފްލައިޓް ޖޭޓީ 610 ގެ އިންޖީނު ބަލައި ތަހުގީގުކުރަނީ

ބަޖެޓް އެއަރލައިނެއް ކަމަށްވާ ލަޔަން އެއަރގެ ބޯޓްތަކުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް އިންޑޮނީޝިއާގެ އިދާރާތަކުން އެ އެއަރލައިނަށް ލަފާ ދީފިއެވެ.

އެ އެއަރ ލައިނަށް މިގޮތަށް ލަފާދީފައި ވަނީ އޮކްޓޯބަރ މަހުގެ 29 ވަަނަ ދުވަހު އެ އެއަރލައިންގެ ފްލައިޓް ޖޭޓީ 610 ޖަކާޓާ އިން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޖާވާ ކަނޑަށް ވެއްޓުނު ހާދިސާ އާއި ގުޅިގެން ހިންގި ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓްގައެވެ.

ބޯއިންގ 737 ގެ މި ބޯޓް ވެއްޓުނު އިރު ބޯޯޓުގައި 189 މީހުން ދަތުރުކޮށްފައި ވާއިރު އެއްވެސް މީހަކު ސަލާމަތް ވެފައި ނުވެއެވެ.

މި ރިޕޯޓްގައި ވެސް ބޯޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް ބުނެފައެއް ނުވެއެވެ.

އިންޑޮނީޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީ އިން ބުނީ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އޮޕަރޭޝަން މެނުއަލްއާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.

ފްލައިޓް ޖޭޓީ 610، އެ ދަތުރަށް ފުރުމުގެ ކުރިން ވެސް ބޯޓުގެ ބައެއް އާލާތްތަކަށް މައްސަލަ ދިމާވެފައި ވާކަން ބީބީސީ އަށް ލިބިފައިވާ ބޯޓުގެ ޓެކްނިކަލް ލޮގުން އެނގޭ ކަމަށް އެ އެ ޖެންސީން ކުރިން ހާމަކޮށްފައި ވެއެވެ.

ޓެކްނިކަލް ލޮގްގައި ބުނެފައިވާ ގޮތުގައި ބޯޓުގެ ބައެއް އިންސްޓްރުމެންޓްތައް ހުރީ ބަރޯސާ ނުވެވޭ ހާލަތެއްގައެވެ.

އޭގެތެރޭގައި ވައި ދަތުރުކުރާ ބާރުމިން އަންގައިދޭ އިންސްޓްރުމެންޓަށް ބަރޯސާ ނުވެވޭއިރު ބޯޓު އޮތް އުސްމިން ދެނެގަންނަ އިންސްޓްރުމެންޓްތަކުގެ ތެރެއިން ކެޕްޓަންގެ އަތުގައި އޮތް އިންސްޓްރުމެންޓާއި ފަސްޓް އޮފިސަރގެ އަތުގައި އޮތް އިންސްޓްރުމެންޓުން ދައްކާ ގޮތް ތަފާތުވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި
01 ސެޕްޓެމްބަރު 2017

މުމްބާއީގެ ހުސައިނީ އިމާރާތް ވެއްޓުން: މަދުވެގެން 33 މަރު

01 ސެޕްޓެމްބަރު 2017
މުމްބާއީގެ ހުސައިނީ އިމާރާތް ވެއްޓުން: މަދުވެގެން 33 މަރު
28 އޯގަސްޓު 2017

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު