ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 03:01
ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބު
ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބު
ޓްވިޓަރ
އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަދީބު ގެއަށް ބަދަލުކޮށްފި
އަދީބު ގެއަށް ބަދަލުކޮށްފައިމިވަނީ ކަރެކްޝަންގެ ހުއްދައާއެކު
ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ސަރޖަރީއެއް ހަދާފައިޥޭ

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ގޭބަންދަށް ބަދަލު ކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދިނުމާއި އެކު އަދީބު ގެއަށް ބަދަލުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރުންގެ ލަފަޔާއި އެއްގޮތަށް އަދީބު އާއިލާ ކައިރިއަށް ގޭ ބަންދަށް ބަދަލުކުރަން ނިންމީ އަންގާރަ ދުވަހުގެ މެންދުރު ފަހުއެވެ. މިކަން އަދީބުގެ އަނބިކަންބަލުން މަރިޔަމް ނަޝްވާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަދީބު ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައި މިވަނީ އަދީބުގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އަދީބަށް ބޭނުންވާ މާހައުލާއި އާއިލާގެ އެހީ ލިބޭނެހެން ގޭބަންދަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައިވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމްއިން އަދީބު ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާފައިވަނީ ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މޯޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް