Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްޖަކު ވިހެއުމަށްފަހު އެއްލާލުން

ވިހާފައި ބާލިދީއަކަށްލި ކުއްޖާ އާއި މައިމީހާ ތިނަދޫ ހޮސްޕިޓަލުގައި

28 ނޮވެމްބަރު 2018 | ބުދަ 15:50

ދެމައިންގެ ހާލުވެސް ރަނގަޅު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ނޮވެމްބަރު 2018 | ބުދަ 15:50
ތިނަދޫ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް

ތިނަދޫ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ވާދޫގައި ވިހެއުމަށް ފަހު އެއްލާލި ތުއްތު ކުއްޖާ އާއި އެކުއްޖާގެ މައިމީހާ މިވަގުތު އޮތީ ގދ ތިނަދޫ ގައި ހުންނަ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަމަށާއި އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޢަބްދުލް ހަކީމް ވިދާޅުވީ ދެމައިން ވެސް އެ ހޮސްޕިޓަލަށް ގެނެވުނީ އަންގާރަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

އާމިނަތު ޢަބްދުލް ހަކީމް ވިދާޅުވީ އުސޫލެއްގެ ގޮތުން ވިހާތާ 48 ގަޑިއިރު ވަންދެން ދަރިފުޅު އޮބްޒަރވޭޝަންގައި ބާއްވަން ޖެހޭ ކަމަށާއި މައިމީހާ ވެސް 24 ގަޑިއިރު ވަންދެން ބާއްވަން ޖެހޭ ކަމަށެވެ. އަދި އެދެމައިން ވެސް ހާލު ރަނގަޅު ކަމަށާއި އިތުރު އެއްވެސް ކަމަކަށް ފަރުވާދެމުން ނުދާކަމަށް އާމިނަތު ޢަބްދުލް ހަކީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިތުރު ކަމެއް ދިމާ ނުވާނަމަ އެވަގުތުތައް ހަމަވުމުން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ. އަދި ކުއްޖާއަށް ވެސް އަދި ވިހެއުމުގެ ތެރޭގައި އޭނާގެ މަންމައަށް ވެސް ކަމެއް ދިމާވެފައި ނުވާކަމަށް ވެސް އާމިނަތު ޢަބްދުލް ހަކީމް ވިދާޅުވިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާގެ މައިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ނުވަނީ ހޮސްޕިޓަލުން އަދި ދޫ ނުކޮށްލާތީއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

ތުއްތު ކުއްޖަކު އެއްލާލާފައިވާ މައްސަލަ ފުލުހުންނާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ދަނީ ބަލަމުންނެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވާދޫގައި އަންހެނަކު ކުއްޖެއް ވިހެއުމަށްފަހު އެއްލާލާފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެ މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށެވެ.

އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްޖާގެ އާއިލާ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ ހުރުމަތަށާއި، ކަމުގެ ހައްސާސްކަމަށް ރިޔާއަތްކޮށް، މީޑިއާ އާއި މީސްމީޑިއާގައި އެ ކުއްޖާގެ އެއްވެސް ފޮޓޯއެއް ޝާއިޢު ނުކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ވާދޫގައި ވިހެއުމަށްފަހު އެއްލާލާފައިވާ ކުއްޖާގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ކުއްޖާ އޮތީ ކަޅު ބާދިލީއެއްގެ ތެރެއަށް ލައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
01 ފެބުރުއަރީ 2017

ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

01 ފެބުރުއަރީ 2017
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް