Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިންސް މިނިސްޓްރީ

ސައިންސް މިނިސްޓްރީއަށް ލަފާދޭނެ ޓެކް ކައުންސިލެއް އުފައްދަން ނިންމައިފި

26 ނޮވެމްބަރު 2018 | ހޯމަ 15:44

ކައުންސިލްގައި ހިމެނޭނީ 10 މެމްބަރުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 ނޮވެމްބަރު 2018 | ހޯމަ 15:44
މިނިސްޓަރު މަލީހަށް މަގާމުގެ ފަތްކޮޅު ދިން ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓަރު މަލީހަށް މަގާމުގެ ފަތްކޮޅު ދިން ރަސްމިއްޔާތުގެ ތެރެއިން

ކޮމިނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ލަފާ ދިނުމަށް އައިޓީ ދާއިރާގައި ހިމެނޭ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓެކް ކައުންސިލެއް އުފެއްދުމަށް ނިންމައިފިއެވެ.

ސައިންސް މިނިސްޓްރީގެ މަސައްކަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް، އެ މިނިސްޓްރީ ހިންގަމުންދާ އެން.ސީ.އައި.ޓީ އިމާރާތުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޓެކް ކައުންސިލް އުފައްދާނީ 10 މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި ދާއިރާގެ ފަންނީ ގާބިލު ފަރާތްތަކުގެ ހިޔާލު ހޯދައިގެން އައިޓީ ސެކްޓަރ ކުރިއެރުވުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މި ދާއިރާގައި އުޅޭ ފަރާތްތަކުގެ ލަފާ ހޯދައިގެން، އެބޭފުޅުން ބޭނުންވާ ގޮތަށް އައިޓީ ސެކްޓާ، މި ދާއިރާ ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅެނީ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ އެކިއެކި ދާއިރާތަކުން މިސާލަކަށް ރާއްޖޭގައި އެބަ ހަރަކާތްތެރިވޭ މިދާއިރާގެ ވިޔަފާރިތައް. އަޅުގަނޑު ވިސްނުން ހުރީ 10 ވަރަކަށް ބޭފުޅުން ހިމެނޭ ކައުންސިލެއް ގާއިމު ކުރުން. ހުރިހާ ދާޢިރާއެއްގެ މަންދޫބުން ހިމެނޭ ގޮތަށް ކައުންސިލް އެކުލަވާލުން،" މަހީލު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ޓެކް ކައުންސިލް އެންމެ ފުރަތަމަ އުފައްދާނީ ގަވައިދެއްގެ ދަށުން ކަމަށާއި އެއަށްފަހު، ގާނޫނަކުން އެ ކައުންސިލަށް ބާރުތަކެއް ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ޓެކް އިންސްޓިޓިއުޓްތަކެއް ގާއިމު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް، ރާއްޖޭގެ ކަނޑައެޅޭ ވަކި ދިމަދިމާގައި ޓެކް އިންސްޓިޓިއުޓްތަކެއް، ގާއިމު ކުރުން. އެހެންވީމަ އަޅުގަނޑުމެން ވަރަށް އަވަހަށް މި ވައުދު ފުއްދުުމަށްޓަކާ ކައުންސިލްތަކާ ބައްދަލުކޮށް، ބޭނުންވާ ބިންތައް ހޯދުމާއި އެ ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނަން،" ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި މަލީހު ވިދާޅުވިއެވެ.

ސައިންސް މިނިސްޓްރީއަކީ ރައީސް ސޯލިހުގެ ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީއެކެވެ. އެ މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގައި ސަރުކާރުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއި އޯޕަން ޑޭޓާގެ ސިޔާސަތު ތަންފީޒު ކުރުން ހިމެނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް