Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާމަނަންޓް ސެކްރެޓަރީން ހޯދުން

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ފެބުރުއަރީ 2017 | ހުކުރު 01:23
ފިނޭންސްގެ މުވައޒަފުން ތަކެއް އިހްތިޖާޖް ކުރަނީ: މިހާރު ޕާމަނަންޓް ސެކްރެޓަރީއެއް ނެތް

ފިނޭންސްގެ މުވައޒަފުން ތަކެއް އިހްތިޖާޖް ކުރަނީ: މިހާރު ޕާމަނަންޓް ސެކްރެޓަރީއެއް ނެތް

ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާން ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތްތައް، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބޭ ކަމަށެވެ.

Advertisement - newsAdvertisement

ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޕީއެސްގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފެބްރުއަރީ 16 ވާ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅަން އެދޭ ކަމަށެވެ.

ޝަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރުމާއި، އިންޓަވިއު ކުރުމާއި އެފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުން، 2017 ފެބްރުއަރީ 26 އިން މާޗު 16 އަށް މާލޭގައި އޮންނާނެ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2017

އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި

26 އޮކްޓޯބަރު 2017
އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި
19 ސެޕްޓެމްބަރު 2017

ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި

19 ސެޕްޓެމްބަރު 2017
ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި
10 އޯގަސްޓު 2017

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި

10 އޯގަސްޓު 2017
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި
25 ޖުލައި 2017

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް

25 ޖުލައި 2017
އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް
04 ޖޫން 2017

ޝުކޫރު އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމު ޒުހޫރަށް

04 ޖޫން 2017
ޝުކޫރު އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމު ޒުހޫރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު