Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންކަމް ޓެކްސް

އިންކަމް ޓެކްސް ނެގުމަށް ތާއިދުކުރަން: އެމްޔޫ މަނިކު

27 ނޮވެމްބަރު 2018 | އަންގާރަ 17:19

އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހް ވަނީ ވައުދުވެ ވަޑައިގެންފައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 27 ނޮވެމްބަރު 2018 | އަންގާރަ 17:19
ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު

ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު

އިންކަމް ޓެކްސް ނެގުމަށް ފުރިހަމަ އަށް ތާއިދު ކުރައްވާ ކަމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާ އެއް ކުންފުނި، ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް ބޮޑެތި ވިޔަފާރިވެރިން ދެކޮޅު ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ޓޫރިޒަމް ދާއިރާ އިން އިންކަމް ޓެކްސް އަށް ވެސް ތާއިދުކުރާ ކަމަށެވެ.

Advertisement - newsAdvertisement
"މީހުންނަށް ހީވެގެން އުޅެނީ އަޅުގަނޑުމެން އިންކަމް ޓެކްސް ނެގުމަށް އިދިކޮޅު ވާނެއޭ. އަޅުގަނޑު ގައިމު އިދިކޮޅެއް ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެއާ އިދިކޮޅު ހެނެއް،" މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނަވާ މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެކަކު ވެސް ހުންނާނެހެން ހިއެއް ނުވޭ މިއަށް (އިންކަމް ޓެކްސްއަށް) ނޫނެކޭ ބުނާނެ."

މަޓީގެ އިސް ބޭފުޅުން

ޓޫރިޒަމް ދާއިރާގެ ބާނީންނަށް އިޝާރަތް ކުރައްވައި މަނިކު ވިދާޅުވީ އެ ބޭފުޅުންނަކީ ޓެކްސް ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އަދި ސަރުކާރުން އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސް ނިޒާމު 2011 ވަނަ އަހަރު ތައާރަފުކުރި އިރު ވެސް އެ ނިޒާމަށް ތާއިދުކުރައްވައި އޭނާ އާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް މަނިކު ވިދާޅުވި އެވެ. އަދި މިހާރު ވެސް ނަގަމުންދާ ހުރިހާ ޓެކުހެއް ޓޫރިޒަމް ދާއިރާ އިން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނަގަން ޖެހޭނީ ވަކި ވަރެއްގެ ބައެއްގެ އަތުން ކަމަށާއި ޓެކްސްގެ ގޮތުގައި ކަނޑައަޅަން ވާނީ ބުރައަކަށް ނުވެ ދެއްކޭނެ ވަރެއް ކަމަށް މަނިކު ވިދާޅުވި އެވެ.

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ގިނަ ބަޔަކު އެދެމުން ދާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް