Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު

މުސްތަފާގެ އިލްތިމާސް: ޕްރައިމަރީއަކަށް ބިރު ނުގަނޭ، އެއީ ޕާޓީ ނިޒާމު

26 ނޮވެމްބަރު 2018 | ހޯމަ 04:45

ސިޔާސީ މީހުން ޕްރައިމަރީއަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ނޮވެމްބަރު 2018 | ހޯމަ 04:45
މުސަތަފާ އެމްޑީޕީއަށް ސޮއިކުރައްވަނީ

މުސަތަފާ އެމްޑީޕީއަށް ސޮއިކުރައްވަނީ

ޕާޓީ ނިޒާމުގައި އޮންނަ އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީ ކާމިޔާބުކޮށްގެން އިންތިޚާބަށް ވާދަކުރުން ކަމަށާއި، ޕްރައިމަރީގައި ވާދަކުރުމަށް ބިރު ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިލްތިމާސް ކުރައްވައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވުމަށްފަހު އާދީއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ، މުސްތަފާ އާއި އެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ދޫކުރެއްވި މަޖިލިސް މެންބަރުންނަށް އެމްޑީޕީއާއި ގުޅުމަށް ދައުވަތު ދެއްވި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެހެން ޕާޓީތަކާއި ގުޅިވަޑައިގަތް ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ އެމްޑީޕީގައި ޕްރައިމަރީއެއްގައި ވާދަކުރަން ޖެހުން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ކައިރީ ތިބި މީހުން، އެމީހުން ވަރަށް ބޮޑަށް އަންނަންވެސް ބޭނުންވި. ވަޑައިގަންނަވަން ބޭނުންވި އެމްޑީޕީއަށް. އެކަމަކުވެސް މިބޭފުޅުން ފަސްޖެހިވަޑައިގެންނެވީ އެމްޑީޕީއަށް ސޮއިކުރަން. މައްސަލައަކީ ޕްރައިމަރީއަކާ ފޭސްކުރަން ޖެހޭތީ. ތަކުރާރުކޮށް އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން އެއީ މައްސަލައެއް ނޫނޭ" މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕާޓީ ނިޒާމުގެ ތެރެއިން ވާދަވެރި އިންތިޚާބެއްގައި ވާދަކުރުމަކީ މައްސަލައެއް ނޫންކަން ދެއްކެވުންކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، ޕްރައިމަރީއަކަށް ފަސްޖެހުމަކީ ސިޔާސީ މީހުން ކުރާ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ މީހެއް ވެއްޖެއްޔާ ޕްރައިމަރީއަށް ފަހެއް ނުޖެހޭނެ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެމްޑީޕީ އާއި ގުޅިވަޑައިގަތީ ޕްރައިމަރީގައި ވާދަކުރައްވަން ކެރިވަޑައިގެން ކަމަށާއި، ޕްރައިމަރީ އާއި އަދި އިންތިޚާބުވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. މުސްތަފާ ވިދާޅުވީ، އެމްޑީޕީގައި ހުންނެވުމަށްފަހު ކުރިން ޕީޕީއެމްއަށް ވަޑައިގަތީ އޭރުގެ ސަރުކާރުގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާއި ގުޅިގެން ރައްޔިތުންގެ މަޝްވަރާވެސް ހޯއްދެވުމަށްފަހު ކަމަށެވެ.

މުސްތަފާ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު، އާދީއްތަ ދުވަހުގެރޭގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ 1200 ރައްޔިތުން ސޮއިކޮށް، މުސްތަފާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް އެދި ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް ވަނީ މުސްތަފާ އާއި ހަވާލުކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ ޗެއާޕަރސަން ހަސަން ލަތީފާއި، އެމްޑިޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެ މަޖިލީހުގެ މެންބަރުކަން ކުރިން ކޮށްފައިވާ ބައެއް މެންބަރުންގެ އިތުރުން ތިމަރަފުށީ ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް