Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަން ކޮމިޝަން

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

ލަފާދޭ ކޮމެޓީގެ ބައްދަލުވުން ނުބާއްވާތީ މަޝްވަރާކުރެވުނު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 22 ފެބުރުއަރީ 2017 | ބުދަ 16:24
މިއަދު އެމްޑީޕީން އިލެކްޝަން ކޮމިޝަނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން

މިއަދު އެމްޑީޕީން އިލެކްޝަން ކޮމިޝަނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން

ވެރިކަން ކުރާ ޕީޕީއެމުން ވަޒީފާއަށް ބިރުދައްކައިގެން އެޕާޓީއަށް މެމްބަރުން ވައްދާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން އިލެކްޝަން ކޮމިޝަނުނާ ހިއްސާކޮށްފިއެވެ.

ބުދަ ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަޑައިގެންފައި ވަނީ އެޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު އެވެ. އިލެކްޝަން ކޮމިޝަންގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެންބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ތިން ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ވަޒީފާގެ ބިރުދައްކައިގެން ޕާޓީއަށް ވައްދާ މައްސަލައާއި، ލޯކަލް ކައުންސިން އިންތިހާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ފަހަކަށް އައިސް ނުބާއްވާ މައްސަލައިގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އެޕާޓީއަށް ނުލިބޭތީ، އެކަމާ ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަށް ގަވައިދުން ބާއްވަމުން ދިޔުމަށް ފަހު މިހާރު އެ ބައްދަލުވުންތަށް ނުބާއްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެބައްދަލުވުންތަށް މިހާރު ނުބާއްވާނީ ކޮމެޓީން ނިންމާ ނިންމުންތަށް އެމްޑީޕީން މީޑިއާއި ހާމަކުރާތީތޯ އިލެކްޝަން ކޮމިޝަނާއި ސުވާލުކުރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތައް ބޭއްވުމަށް ހާއްސަކޮށް އެމްޑީޕީއަށް ޖަލްސާއެއް ބޭއްވުމަށް އެއްވެސް ތަނެން ނުލިބޭތީ އެކަމާ މަޝްވަރާ ކުރެވުނުކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިކަންކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ކަމާއި ބެހޭ މުވައްސަސާތަކާއި ވާހަކަ ދައްކުމަށްފަހު މިކަންކަން އެ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެއުމަށްފަހު ހައްލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު