Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންިތިހާބު

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަންޖެހޭނެ، އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތީ ރައީސް ނަޝީދަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 04:28
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ނާޒިމް: ރައީސް ނަޝީދު މިނިވަންކުރަން ކެބިނެޓުގައި މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވި

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ނާޒިމް: ރައީސް ނަޝީދު މިނިވަންކުރަން ކެބިނެޓުގައި މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވި

ރައީސް މުހައްމަދު ނަޝީދު މިނިވަންވާނެކަން އެނގިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ވަރަށް ބިރުން ކަމަށާއި، ރައީސް ނަޝީދު މިނިވަންކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ލަމަރުކަޒީ ރާއްޖެ" ނަމުގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައީސް ޔާމީން ކޮންމެ ޕޯޑިއަމްއެއްގައި ރައީސް ނަޝީދުގެ ވާހަކަ ދައްކަވަނީ، ރައީސް ނަޝީދު މިނިވަންވާނެކަން އެނގިވަޑައިގެން އެކަމާ ބިރުން ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑަށް ހަމަ އެނގިހުރެ މި ދަންނަވަނީ، އެނގިހުރެ މި ބުނަނީ، ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މަޝްވަރާކޮށްފި ރައީސް ނަޝީދު ރާއްޖެ ވަޑައިގެން، ރައީސް ނަޝީދަށް މި ސަރުކާރުން ހިމާޔަތްދޭންޖެހޭ ވާހަކަ. އެ މަޝްވަރާކޮށްފި." ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ މަޝްވަރާކުރެވުނީ ކޮން ތާރީހެއްގައި ކަމެއް ނާޒިމް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ކެބިނެޓުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވާކަމެއް ރައީސް އޮފިހުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ނަޝީދަށް އޮތީ އެންމެ ބިރެއް ކަމަށާއި، އެއީ ޕާޓީގެ ޕްރައިމަރީ ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ޕާޓީގެ އާންމު މެމްބަރުންގެ ބޮޑު އަޤުލަބިއްޔަތެއް ރައީސް މުހައްމަދު ނަޝިދަށް އާއެކޭ ބުނެ، އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ހައްދަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިން އަދިވެސް ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ކަމަށެވެ. ކުރިން ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް އެތައް ކަންތައްތަކެއް ކޮށްދެއްވާފައިވާކަމަށާއި، އެ ކަންތައްތަކަކީ އެހެން އެއްވެސް ރައީސަކަށް ކޮށްދެވިފައިވާ ކަންތައްތަކެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރައީސް ނަޝީދަކަށް ނެތް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރުމުގެ ހައްޤެއް. ވާދަކުރަންޖެހޭ. އަޅުގަނޑުމެންގެ ރައްޔިތުންގެ ލޯބި ލިބިފައިވަނީ ރައީސް ނަޝީދަށް." ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު