Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންނާއި ވޯޓުލުމުގެ ޙައްޤު

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

2 މާރިޗު 2017 | ބުރާސްފަތި 06:57

ރައީސް ޔާމީނަށް ތާޢީދު ނުކުރާ އެންމެންނަށް ވޯޓް ނުލެވޭ ގޮތް ހަދާނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 2 މާރިޗު 2017 | ބުރާސްފަތި 06:57
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ

އަސްކަރީ ޚިދުމަތުގައި ތިބި ފަރާތްތަކަށް ވޯޓު ނުލެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަކީ، ރައީސް ޢަބްދުﷲ ޔަމީނަށް ތާޢީދު ނުކުރާ ކޮންމެ މީހަކަށްމެ ވޯޓު ނުލެވޭނެ ގޮތް ހެދުމަށް ފަށާ ފެއްޓުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މާރިއާ ވިދާޅުވީ، 18 އަހަރުވުމުން، ކޮންމެ ރައްޔިތަކަށްމެ ވޯޓު ލެވޭ ގޮތަށް ޤާނޫނުގައި ލިޔުމުން، މިހާރު ފެނިގެންދަނީ ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް އުޅޭ މަންޒަރު ކަމަށާއި، މިއީ ގިނަ ބަޔަކު ވޯޓުން މަޚުރޫމް ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވޯޓުގެ ޙައްޤު ރާއްޖޭގަ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލެވޭ ގޮތަށް ހޯދައިދިނީމަ، ފެނިގެން މިދަނީ މިހާރު ޑިފެންސް މިނިސްޓަރ ނުކުމެވަޑައިގެން، ރާއްޖޭގެ ސިފައިންނަށް ވޯޓެއް ނުލެވޭނޭ ވިދާޅުވާތަން. މިއީވެސް ފެށުމެއް. ރައީސް ޔާމީނަށް ތާޢީދު ނުކުރާ ކޮންމެ މީހަކަށް ވޯޓު ނުލެވޭގޮތަށް ހެދުމަށް ފައްޓަވާ ފެށުމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ" މާރިއާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީ ހިމާޔަތް ކުރަންތިބި ފަރާތްތަކުގެ ބާރުކަނޑުވައި ރައްޔިތުންނަށް އިތުރު އުނދަގޫ ޖައްސަން ކަމަށެވެ.

"އެންމެ ފުރަތަމައިނުން، ޤާނޫނު އަސާސީ، ހިމާޔަތްކޮށް، ޤާނޫނުއަސާސީއާ އެއްގޮތަށް ރައްޔިތުންގެ ވެރިކަމެއް ދެމެހެއްޓުމަށްޓަކާ، ރާއްޖޭގެ ރައްޔިތުން އިތުބާރުކޮށް، ޔުނިފޯމް އަޅުވާ، ބަޑިއަޅާ، ބިޑިއަޅުވާފަ ތިބި މީހުންގެ އަތުން، ޤާނޫނު އަސާސީން ލިބިދޭ ޙައްޤު އެންމެ ފުރަތަމައިނުން ވެސް ނިގުޅައިގަތުމުން، ބަޑިއެއް ބިޑިއެއް ނޯންނަ. އާންމު ރައްޔިތުންނަށް ވެގެން ދާނެ ގޮތާއި މެދު ވިސްނާ ލައްވާ"، މާރިއާ ވިދާޅުވިއެވެ.

ކާނަލް ނާޒިމާއި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި އޭގެ ފަހުން ކަންވީ ގޮތަށް އަލިއަޅުއްވާލައްވާ މާރިއާ ވިދާޅުވީ، ރައީސް ޔާމީން ބިލިއަން ޑޮލަރުގެ ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"(ރައީސް ޔާމީން) ބިލިއަން ޑޮލަރުގެ ވާހަކަތައް ދެއްކެވީމަ އެންމެ ބޮޑަށް މި ކަންބޮޑުވަނީ އަޅުގަނޑުމެން، އެއީ އެމަނިކުފާނު ވިދާޅުވާތީ، ތިމަންނަ ނޫޅެމޭ އެ ބޮަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޑު އިންވެސްޓްމަންޓް ދަބަހަކަށް އަޅައިގެން ދާކަށް" މާރިއާ ވިދާޅުވިއެވެ.

މެންބަރު މާރިއާ ޚާއްސަކޮށް ވޯޓު ލުމުގެ ވާހަކަ އާއި އެކަމާއި ގުޅިފައިވާ ޙައްޤުތަކުގެ ވާހަކައަށް އަލިއަޅުއްވާ ލައްވާފައި މިވަނީ، އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ. ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސިފައިންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސިފައިންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކުރާ، ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް