Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޔޫއޯ

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

އިންސާފް ލިބޭނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހްކޮށްގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 01:16
 "ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދެއްވ ބޭފުޅުން

"ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދެއްވ ބޭފުޅުން

ސަރުކާރުގެ މުވައްޒިފުންނަން ބިރުދައްކައިގެން ޕީޕީއެމަށް ސޮއިކުރަން މަޖުބޫރުކުރާ މީހުންގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅާނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމަށް މެމްބަރުން އިތުރުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒިފުންނާއި ކުންފުނިތަކުގެ މުވައްޒިފުންނަން ވަޒީފާގެ ބިރުދައްކައިގެން އެޕާޓީއަށް ސޮއި ކުރުވަމުންދާ މައްސަލަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އިދިކޮޅު އިއްތިހާދުގެ ފަރާތުން ދައުލަތުގެ މުވައްޒިފުންނަން ބިރު ދައްކައިގެން ޕާޓީއަށް ސޮއިކުރުމަށްޓަކައި ފޯމް ހިފައިގެންދާ މީހާގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅާ އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ފަރާތުން މި މައްސަލަތަށް ހިއުމަން ރައިޓިސް ކޮމިޝަނަށާއި ފުލުހަށް ހުށައެޅާނެ ކަމަށެވެ. އެހެންނަމަވެސް އިންސާފް ލިބޭނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހްކޮށްގެން ކަން ދިވެހި ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމުން ދިވެހި ރައްޔިތުން އިންސާފް ހޯދަން ބޭނުންވެއްޖެނަމަ ޖުޑިޝަރީ އިސްލާހްކުރަންޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެދުވަހަކުން ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ޕާޓީއަށް ސޮއި ކުރުވުމަށް ފޯމް ހިފައިގެން ހިނގާ މީހުންގެ މައްސަލަތަށް ބަލާނެ ކަމަށް ޝަމީމު ވިދާޅުވި އެވެ. ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަކީ އެއްވެސް ވަރަކަށް ފޮތް ވިދާޅުވާ ބޭފުޅުން ނޫން ކަމަށާއި ފޮތް ކިޔުންވާނަމަ ގާނޫނު އަސާސީގައި ބާޔާންކޮށްފައިވާ ކަންކަން އިނގިވަޑައިގަންނަވާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދައުލަތުގެ ކުންފުންގެ މުވައްޒިފެން ކަމުގައި ވިއަސް ވަޒީފައިގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަން ވެރިންގެ އަމުރަށް ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާއިގައި ވަރަށް ސާފްކޮށް ދައުލަތުގެ މުވައްޒިފަކު ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބް އަދާކުރުމުގައި ގާނޫނޫގައި ހުއްދަ ނޫން ކަމެއް ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މުވައްޒިފުންނަން ސިޔާސީ ހަރަކާތަކުގައި ބައިވެރިވުމަށް އަދި ޕާޓީއަކަށް ސޮއި ކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު