Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް އިންތިޚާބު 2019

ޕާޓީތަކަށް ފައިދާ ބޮޑީ ވަކިވަކިން ވާދަކޮށްގެން

24 ނޮވެމްބަރު 2018 | ހޮނިހިރު 13:37

ވަކިވަކިން ވާދަކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ނުރަސްމީކޮށް މަޝްވަރާކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 ނޮވެމްބަރު 2018 | ހޮނިހިރު 13:37
ކޯލިޝަން ލީޑަރުން ބައްދަލުވުމެއްގައި

ކޯލިޝަން ލީޑަރުން ބައްދަލުވުމެއްގައި

ރިޔާސީ އިންތިޚާބު ނިމި، އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެވަނީ މަޤާމުގެ ހުވައި ކުރައްވައި، ރިޔާސީ ދައުރު ފައްޓަވާފައެވެ. އެއާއިއެކު ފެށިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ގިނަ މައްސަލަތަކެއްގެ ހައްލުކަމަށް ގިނަ ރައްޔިތުން ދެކެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ޤައުމުގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ނެންގެވިއިރު، މަޖިލީހުގެ ބާރުތައް އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެންދަވައި، މެމްބަރުންގެ ވަރަ ވަނީ ކޮށާލާފައެވެ.

'ވަރަ ކޮށާ ޤާނޫނު' ނުވަތަ އެންޓި-ޑިފެކްޝަން ޤާނޫނު މިހާރު އުވާލާފައި ވީނަމަވެސް، މަޖިލިސް އިސްލާހުވިކަމަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އަދި ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޤައުމުގެ މައްސަލަތައް ހައްލުވާނީ މަޖިލިސް އިންތިޚާބުގައި އެކަށީގެންވާ ބަޔަކު މަޖިލީހަށް ވަދެގެންކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރެއެވެ.

ފާއިތުވި 5 އަހަރު ރައްޔިތުންގެ މަޖިލިސް ފެނިގެން ދިޔައީ ސަރުކާރުން ބޭނުންހާ ގޮތަކަށް، ބޭނުންހާ ޤާނުނެއް ހަދާ ތަނެއްގެ ގޮތުގައެވެ. ބިލެއް ހުށަހަޅާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެބިލް ފާސްކޮށް، ތަސްދީޤުކުރާ ހިސާބަށް ކަންތައް ދިޔައީ މަޖިލީހުގެ މެމްބަރުންގެވެސް އިހުމާލުންނެވެ. ވެރިކަމުގެ އެއް ބާރުގެ ގޮތުގައި އިއްޒަތާއި، އިމްތިޔާޒްތަކާއިއެކު އޮންނަ މަޖިލީހެއް، ވެރިކަމުގެ އަނެއް ބާރުގެ އަޅަކަށް ވެގެން ދިޔައީ ހަމަ އެމަޖިލީހުގެ ސަބަބުންނެވެ.

މިހުރިހާ ކަމަކާއިއެކު، ރައްޔިތުން މިއަދު އުއްމީދުކޮށްގެން ތިބީ އިސްލާހީ މިބަދަލުގެ ސިލްސިލާގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ކަމަށް އެކަށީގެންވާ، ނަޒާޙާތްތެރި ބަޔަކު އެތަނަށް ވެއްދުމަށެވެ. އެހެންނަމަވެސް އޭގެ ކުރިން މިހާރު ދިމާވެފައިވަނީ އެހެން މައްސަލައެކެވެ. މަޖިލީހުގައި ވާދަކުރަން ޖެހެނީ ކިހިނެއްކަމެއް ޕާޓީތަކަށް އަދި ކަނޑައެޅިފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި ވާދަކުރުމަށް ޕާޓީތަކުން ނިންމިއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ނިންމުންތޯ މިއަދު ސުވާލު އުފެދެއެވެ.

ޕާޓީތަކުގެ މެދުގައި ސަރުކާރު ބަހާލި ގޮތަށް މަޖިލިސް ގޮނޑިތައް ބަހާލައިފިނަމަ ހަޤީގަތުގައި ރައްޔިތުންގެ ތާޢީދު އޮތީ ކޮން ޕާޓީއަކަށް ކަމެއް ނޭނގޭނެއެވެ. އަދި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީއެއް ނުނެގޭނެއެވެ. ހަމައެއާއިއެކު އެއް ޕާޓީ ބާކީކޮށްލައި، އަނެއް 3 ޕާޓީއަށް "ރައްޔިތުންގެ ތާޢީދު އޮތީ އަހަރެމެންނަށް" ކަމަށް ބުނެ ކޯލިޝަން ހަދައި ބާކީ ކޮށްލި ޕާޓީ ސަރުކާރުން ބޭރުކޮށްލާ ވަރުކޮށްލެވޭނެއެވެ. ވެރިކަމަކީ އެމްޑީޕީ ލީޑްކުރާ ވެރިކަމެއް ނަމަވެސް، މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަން އެމްޑީޕީއަށް ދަތިވެ، މިނިސްޓްރީއެއްގެ ބޯޑެއް ބަދަލުކުރަންވެސް 4 ލީޑަރުންގެ ބަސް ހޯދަން ޖެހިދާނެއެވެ.

އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން މަޖިލީހުގެ 40 އިންސައްތަ ގޮނޑިއަށް ކުރިމަތިލައިފިނަމަ އެއީ 35 ގޮނޑިއެވެ. ކުރިމަތިލާ ހުރިހާ ގޮނޑިއަކަށް ހޮވުމަކީ ނާދިރުކަމެކެވެ. 35 ގޮނޑީގެ ތެރެއިންވެސް އެންމެ ރަނގަޅަށް ނަތީޖާ ނިކުތަސް ހޮވޭނީ މިސާލަކަށް 25 ގޮނޑިއާއި 30 ގޮނޑިއާއި ދެމެދުގެ އަދަދަކަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި، 87 މެމްބަރުންގެ މަޖިލީހަކުން 30 ގޮނޑި އެއީ އެމްޑީޕީއަށް އެންމެ އެކަށޭނެ އަދަދުކަމަށް އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން ޤަބޫލުކުރާނެތޯއެވެ؟

އަނެއްކޮޅުން ބަލާއިރު އަދާލަތު ޕާޓީއަކީ ތާޢީދު އިތުރުވަމުން އަންނަ ޕާޓީއެކެވެ. ސަރުކާރުގައިވެސް ރަނގަޅު ނިސްބަތެއް ލިބިފައިވާއިރު އެޕާޓީއިން ދަނީ މެމްބަރުން އިތުރުު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގައި ޕާޓީ ހިއްސާވާ ނިސްބަތުން ގޮނޑިތަކަށް ކުރިމަތިލާނަމަ އަދާލަތު ޕާޓީއަށް ކުރިމަތިލެވޭނީ އެންމެ 13 ގޮނޑިއަށެވެ. އަދާލަތު ޕާޓީގެ މަޤްބޫލުކުރަން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، އެންމެ 13 ގޮނޑިއަކީ އަދާލަތަށްވެސް އެކަށީގެންވާ އަދަދެއްތޯ އަދާލަތު ޕާޓީއިންވެސް ސުވާލުކުރާނެއެވެ.

އެމްޑީޕީއަކީ އެންމެ ތާޢީދު ބޮޑު ޕާޓީކަމަށް އެކަކުވެސް ދެބަހެއް ނުވާނެއެވެ. މިހާތަނަށް ކޮންމެ އިންތިޚާބެއްގައިވެސް އެޕާޓީއިން ދިޔައީ ކޮންމެ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ނެރެމުންނެވެ. އެހެންކަމުން އެޕާޓީގެ ގިނަ މެމްބަރުންތަކެއް މިހާރު ގޮވާލަމުން އެދަނީ ޕާޓީތައް ވަކިވަކިން ވާދަކުރުމަށެވެ.

މިއީ ކޮންމެ ޕާޓީއަކަށްވެސް ވަކިވަކިން އެޕާޓީއަށް ތާޢީދު އޮތް މިންވަރު ދައްކަން ރަނގަޅު ފުރުސަތެކެވެ. ރައްޔިތުންނަށް އެމީހުން ބޭނުންވާ މީހާ އެމީހުން ތަމްސީލް ކުރަން މަޖިލީހަށް ވައްދަން ރަނގަޅު ފުރުސަތެކެވެ. އެކަން ކުރެވޭނީ ވަކިވަކިން ވާދަކޮށްގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 މެއި 2018

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟
17 މެއި 2018

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

17 މެއި 2018
ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!
03 މެއި 2018

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟
14 މާރިޗު 2018

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!
18 ފެބުރުއަރީ 2018

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
14 ސެޕްޓެމްބަރު 2017

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!
31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް