Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގުދުރަތީ ވަސީލަތްތައް

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

އެންމެ ބޮޑަށް ކުރިއަރައިގެން ދަނީ މައުލޫމާތު ވިއްކާ ކުންފުނިތައް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 13:18
ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ކުންފުނިތައް

ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ކުންފުނިތައް

ދުނިޔެ ތަހުޒީބުވެ ކުރިއަރައިގެން އައިއިރު، އެކި ދުވަސްވަރު ފާހަގަ ކުރެވެނީ އެކި ކަންކަމުން ކުރިއަރައިގެންދާ ދުވަސްވަރުތަކުގެ ގޮތުގަ އެވެ. އެގޮތުން އެކި ޒަމާން ތަކުގައި ކުރިއަރައިގެންދާ ކަންތައްތައް ވެސް ވަރަށް ތަފާތެވެ. މީގެ ޒަމާންތަކެށް ފަހަތަށް ޖެހިލާއިރު 1760 ން ފެށިގެން 1840 ވަނަ އަހަރުގެ ދުވަސްތަކަކީ އިންޑަސްޓްރިއަލް ރެވޮލިއުޝަންގެ ޒަމާނެވެ. އެދުވަސްވަރުގައި، މެނުފެކްޗަރިން މަސައްކަތްތަކުން ކުރިއަރައިގެން، ތަފާތު މެޝިނަރީސްތައް ތައާރަފްވެގެންދިޔަ އެވެ. އަދި މިއަދު ދުނިޔޭގެ ކަންކަން ފާހަގަ ކުރެވިގެންދަނީ މައުލޫމާތުގެ ޒަމާނުގެ ގޮތުގަ އެވެ. އެގޮތުން ތަފާތު އެކި ޓެކްނޮލިޖީތަކާއި ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އެކުލަވާލެވޭ މައުލޫމާތު ނުވަތަ ޑޭޓާ އަކީ އެންމެ އަގުބޮޑު ރައުސުލްމާލަށް މިއަދުވަނީ ވެފަ އެވެ. މީގެ ގަރުނެއް ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު އެއްޗެއްގެ ގޮތުގައި ތެޔޮ ބެލެވުނު ނަމަވެސް މިއަދު ދުނިޔޭގެ އެންމެ އަގުބޮޑު ވަސީލަތަކީ މައުލޫމާތެވެ.

މިއަދު ދުނިޔޭގެ ޓައިޓަންސް ނުވަތަ އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އަލްފަބެޓް ( ގޫގުލް ނިސްބަތްވާ ކުންފުނި)، އެމެޒޮން، އެޕަލް، ފޭސްބުކް އަދި މައިކްރޯސޮޕްޓް ފަދަ ކުންފުނިތަކެވެ.މި ކުންފުނިތައް ކުރިއަރައިގެން ދަނީ ނުހުއްޓުވޭހާ ބާރު ސްޕީޑުގައެވެ. މި ހުރިހާ ކުންފުނިތަކަކީވެސް، ތަފާތު އެކި ޓެކެނޮލޮޖީތަކާއި އެޕްލިކޭޝަންތައް އީޖާދުކޮށް، އާ ކަންތައްތައް ގެންނަމުންދާ ކުންފުނިތަކެވެ.

މިއަދު މިއީ ދުނިޔޭގެ ވެސް އެންމެ ކާމިޔާބު އަދި ބޮޑެތި ކުންފުނިތަކެވެ. އެކުންފުނިތަކުގެ އަހަރުގެ އެންމެ ކުއަޓަރެއްގައި ލިބޭ ފައިދާ 25 ބިލިއަން ޑޮލަރަށް އަރަ އެވެ. މުޅި އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން އޮންލައިނަށް ހޭދަކުރާ ފައިސާ އެމެޒޮންއަށް ދާއިރު ޑިޖިޓަލް އެޑްވައޓައިޒިންގެ ބޮޑު ހޭދައެއް މުޅި ދުނިޔެއިން ވެސް އެވްރެޖްކޮށް ކުރަނީ ގޫގުލްއާއި ފޭސްބުކް އިންނެވެ. މިކުންފުނިތަކުން ކުރިއެރުން ހޯދަމުންދަނީ ވިހި ވަނަ ގަރުނު ތެރޭގައި ތެޔޮ ކުންފުނިތަކުން ކުރިއަރައިގެން ދިޔަ މިންވަރަށް ވުރެ ވެސް މަތީ ލެވެލް އެއްގަ އެވެ. މިފަދަ އިންޓަރނެޓަށް ބަރޯސާވާ ކުންފުނިތަކުގައި ދުނިޔޭގެ އެތައް ރައްޔިތުންގެ މައުލޫމާތުތަކެއް ހިމެނޭ އިރު މިއީވެސް މިފަދަ ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ސްމާޓްފޯނާއި އިންޓަރނެޓްގެ ހިދުމަތް ހޯދާ މީހުން އިންތިހާއަށް ގިނަވެފައިވާ އިރު، މިއަދު ޑޭޓާ ވެގެންގޮސްފައި ވަނީ އެންމެ އަގުބޮޑު ވަސީލަތަށެވެ.މައުލޫމާތު ހޯދާ ރައްކާކޮށް، ކަންކަން ހޯދުންވެފައިވަނީ ދިރިއުޅުމުގެ އެއް އަސާސްއަށެވެ.

މިއަދު ދުވެލަން ދިޔަޔަސް ޓީވީ ބެލިޔަސް ނުވަތަ ޓްރެފިކްގައި މަޑުކޮށްގެން އިންނަން ޖެހުނަސް ދުނިޔޭގައި ހިގާ ހުރިހާ ކަމެއްވެސް ވަރަށް ކައިރިން ބަލާލެވެއެވެ. އަދި ވާނުވާ ބަލަން ބޭނުންވާ މީހުންނަށް އެއީ ވަރަށް ފަސޭހަކަމެކެވެ. އަތުކުރީ ގަޑި ބެނުންކޮށްގެން ދުއްވާ ކާރު ވެސް މިއަދުވަނީ އިންޓަރނެޓާއި ގުޅިފަ އެވެ. މީގެ އިތުރުން ދުނިޔޭގައި އަރޓިފިޝަލް އިންޓެލިޖެންސް ދަނީ ބޮޑު ތަނުން އިތުރުވެ ފުޅާ ވަމުންނެވެ. މިއަދު އިންސާނުންގެ ވިސްނުމުގެ ބޭނުން ގިނަ ކަންކަމުގައި ބޭނުމެއް ވެސް ނުވެ އެވެ. ހުރިހާކަމެއްވެސް ކުރާނެ، ނުވަތަ އެކަމަށް ބޭނުންވާ މައުލޫމާތެއް ފަސޭހަކަމާ އެކު ހުންނަނީ ލިބޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ސޫކީގެ ނޮބެލް އިނާމުގެ  އަގުވެއްޓިފައި

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

19 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު