Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހަތު

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018 | ބުދަ 18:41

ކާ އެއްޗެއް ކެއުމުގެ ކުރިން ކެއުމުގައި ހިމެނޭ ޕްރޮޓީންސް އަދި ކާބޯހައިޑްރޭޓްސްގެ މިންވަރު އެނގިގެންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މާރިޗު 2018 | ބުދަ 18:41
ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް

ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް

ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނެއެވެ. މާބޮޑަށް ފަލަވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ ނުވަތަ މީހާ ފިޓް ނޫން ކަމުގެ އިހުސާސް ކުރެވޭ ނަމަ ކަސްރަތު ކޮށްގެންނާއި ޑައެޓް ޖައްސައިގެން މީހާ ފިޓްކޮށް ހުރުމަށްޓަކައި މަސައްކަތް ކުރެއެވެ.

މިގޮތަށް މަސައްކަތްކުރާއިރު ވަޒީފާތަކުގައި ބުރަކޮށް އުޅޭ މީހުންގެ އޮންނަނީ އެންމެ ޝަކުވާއެކެވެ. ކަސްރަތު ކުރި ނަމަވެސް އެންމެ އެދެވޭ ގޮތުގައި އޭގެ އަސަރު ނުފެނުމެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ބިޒީކޮށް އުޅޭއިރު ތަނަކަށް އަރާ ކާންބެލިޔަސް ސިއްހަތަށް ފައިދާ ހުރި ކެއުންތައް އެ ތަންތަނުން ކާން ލިބެން ނުހުންނަ ވާހަކައެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. މިފަހަރު ދުޅަ ހެޔޮ ސިއްހަތެއްގައި ހުންނަ ބޭނުން މީހުންނަށް މި އޮތީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގައި މުޅިން އަލަށް "ދަ ކެލޮރީ ކައުންޓަރ" ގެ ނަމުގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ފޯރުކޮށްދޭ އައުޓްލެޓެއް މާރޗް 7 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

މި އައުޓްލެޓް ހުޅުވުމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ބޭނުން މީހުންނަށް ލިބުނީ އުފާވެރި ޚަބަރެކެވެ. މި އައުޓްލެޓް ހިންގާ ފަރާތުން ވެސް ޤަބޫލުކުރާ ގޮތުގައި އެތަނަށް ގިނައިން މީހުން ޒިޔާރަތް ކުރަނީ ސިއްހަތަށް ފައިދާ ހުރި ކާނާ ލިބޭތީއެވެ. އަނެއްކޮޅުން މިއީ ފްރެންޗައިޒްއެކެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް މި ބްރޭންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.

ދަ ކެލޮރީ ކައުންޓަރގެ މާލެ އައުޓްލެޓްގެ ވެރިޔާ މުހައްމަދު އިންފާޒް ފާއިޒް ވިދާޅުވި ގޮތުގައި އެތަނުން ތައްޔާރުކުރާ ކާ އެއްޗެހި ކެއުމުގެ ކުރިން އޭގައި ހިމެނޭ ޕްރޮޓީންސް އަދި ކާބޯހައިޑްރޭޓްސްގެ މިންވަރު އެނގިގެންދާނެއެވެ. އެއީ މޭނޫގައި ހުރިހާ ތަފްސީލްތަކެއް ހިމާނާފައިވާތީއެވެ. އަދި އެތަނުން ތައްޔާރުކުރާ ކެއުންތަކުގައި ތެޔޮ، ބަޓަރު އަދި މަސްނޫއީ ކުލަ ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އައުޓްލެޓުން ލިބޭ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކަން އާއި ބީފް، ސޭންޑްވިޗް، ރެޕްސް ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން އިންފާޒް ވިދާޅުވީ އައުޓްލެޓްގައި އެއްޗެހި ތައްޔާރުކުރުމަށްޓަކައި ވަރަށް ހާއްސަ އަވަނެއް ބޭނުންކުރާ ކަމަށާއި އެ އަވަނުން އެއްޗެހި ތައްޔާރު ކުރަން ތެޔޮ ބޭނުން ނުވާ ކަމަށެވެ.

މި އައުޓްލެޓްގެ އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ބުއިންތައް ތައްޔާރު ކުރާއިރު އެއްވެސް ގޮތަކަށް ހަކުރު ބޭނުންނުކުރުމެވެ. ސުމޫތީސް ފަދަ އެއްޗެހި ތައްޔާރު ކުރާއިރު އެއްވެސް ވަރަކަށް ފެން އަދި އައިސްކިއުބް ވެސް ބޭނުމެއް ނުކުރެއެވެ. އެފަދަ ބުއިންތައް ތައްޔާރުކުރާއިރު ހަމައެކަނި ބޭނުންކުރަނީ ތާޒާ މޭވާ އާއި ސްރިލަންކާ އިން އެތެރެކޮށްފައިވާ ތާޒާ މާމުޔެވެ.

އެތަން އިތުރަށް ބުނީ އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ވެސް ކަސްޓަމަރުންގެ ފަރާތުން ތަރުހީބު ލިބެމުންދާ ކަމަށާއި އެހެންތަންތަނާ އަޅާ ބަލާއިރު އެތާނގެ އަގު ރަނގަޅު ކަމަށް ވެސް ކަސްޓަމަރުން ފާހަގަ ކުރާ ކަމަށް އެތަނުން ބުންޏެވެ.

ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް ކުވައިތުގެ އިތުރުން ސްރީލަންކާގައި ވެސް ހުރެއެވެ.

މިއަހަރުގެ ތެރޭގައި ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް އޮސްޓްރޭލިއާގައި ވެސް ހުޅުވުމަށް ވަނީ ނިންމާފައެވެ.

މި ތަނަކީ ހަމައިގައިމު ވެސް ސިއްހަތައް ފައިދާ ހުރި ކެއުންތައް ކާން ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވެގެންދާނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 30 އިންސައްތަ އާބާދީއަކީ އޮބީސް ނުވަތަ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރަށް ހުންނަ މީހުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
14 ޖޫން 2017

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
15 އެޕްރީލު 2017

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
01 މާރިޗު 2017

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

01 މާރިޗު 2017
ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟
06 ފެބުރުއަރީ 2017

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް