Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާރުކޭޓުގެ ތަކެތީގެ އަގު

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

ކަރާ ކިލޯއެއްގެ އަގު 35ރ. އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 މެއި 2018 | ބުރާސްފަތި 13:48
ލޯކަލް މާރުކޭޓު

ލޯކަލް މާރުކޭޓު

އެހެން މަސް މަހާ ހިލާފަށް ރަމަޟާން މަހަކީ ތަފާތު ބާވަތުގެ ފަންޏާއި ޖޫސް ފަދަ ތަކެތި ގިނައިން ބޭނުން ކުރާ މަހެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ރޯދަ ވީއްލާ ވަގުތު ބުއިމަކަށް އެކި ބާވަތްތަކުގެ ފަނި ހެދުމަކީ ދިވެހިންގެ ސަގާފަތުގެ ތެރެއިން ފެންނަމުންދާ ކަމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބާވަތަކީ ކަރާ ފަންޏެވެ. މީގެ އިތުރުންވެސް މޭވާގެ އިތުރު ބާވަތްތަކުން ފަނި ގިރަ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ވެސް ބުނީ މިއަހަރު އެންމެ ބޮޑު ޑިމާންޑެއް އޮތީ މޭވާގެ ބާވަތްތަކަށް ކަމަށެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އިންތިހާއަށް ބޮޑުވެފައިވަނީ ކަރާ ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. އެގޮތުން މުދާ އުފުލޭ ވަގުތުތަކަށް ގެނެވުނު ބަދަލުގެ ސަބަބުންވެސް ކަރާ ބޭނުންވަގުތެއްގައި ހޯދުމަށް ދަތިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އާންމުގޮތެއްގައި މާރުކޭޓުން ލިބެން ހުރީ ތޮއްޑޫ ކަރައެވެ. މީގެ އިތުރުން ކަނޑޫދޫ މިރުސްވެސް ގިނަ އަދަދަކަށް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ.

އެންމެ ބޮޑު ޑިމާންޑެއް އޮތީވެސް ކަރާ އާއި މިރުހުގެ އިތުރަށް ފަތުގެ ބާވަތްތަކަށެވެ. އެގޮތުން ކޮޕީފަތް މާރުކޭޓުގައި ލިބެން ހުރީ ވަރަށް މަދުންނެވެ. ކަރާގެ އަގު ބޮޑުވުމުގެ ސަބަބުން އެހެން ބައެއް މޭވާގެ ބާވަތްތަކަށް ޑިމާންޑް ބޮޑުވެފައިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން އަނބާއި ފޭރާއި، ޖުމްހޫރީ މޭވާއަށް ޑިމާންޑް އިތުރުވެފައިވާ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި އާންމުގޮތެއްގައި ލިބެން ހުރި ބާވަތްތަކުގެ އަގުތަކަށް ބަލާ އިރު ކުރުނބާގެ އަގު އުޅެނީ 20ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާ ކިލޯއެއްގެ އަގު 35ރ. އަށް އުޅޭއިރު ފަޅޯ ކިލޯއެއް 40ރ އަށް ލިބެން ހުރި އިރު އަނބު ކިލޯއެއް އުޅެނީ 70ރ. އަށެވެ. ބަށީގެ އަގު 40ރ. އަށް ހުރި އިރު ކިއުކަމްބަރ އުޅެނީ 50ރ. އަށް ކިލޯ އެކެވެ. ކޮލިފްލާވަރ ކިލޯއެއް 55ރ.އަށް ލިބެން ހުރި އިރު ހިކަދިފަތް ބޮޑިއެއް އުޅެނީ 10ރ. އަށެވެ.

މިރުސް ލިބެން ހުރީ 100 ގްރާމް 45ރ. އަށެވެ. ޖުމްހޫރީ މޭވާ އުޅެނީ ކިލޯއެއް 70ރ. އަށެވެ. ކުއްޅަފިލާ ފަތް އުޅެނީ 20ރ. އަށް ބޮޑިއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު