Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެންޓިކް އަޔަން

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

އެންމެ ފުރަތަމަ އިސްތިރިއެއް އުފެއްދީ 1882

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 17:25
ކުރީގައި ބޭނުންކުރި އިސްތިރި

ކުރީގައި ބޭނުންކުރި އިސްތިރި

ޒަމާން ތަރައްޤީވެ ކުރިއަރައިގެން ދިޔައީ ނޭނގޭހާ ހަލުވި ބާރު މިނެއްގައެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިއާއި މިއަދާއ އަޅާބަލާއިރު މި ރާއްޖެއަށް އައިސްފައިވާ ތަރައްޤީއަކީ ވަރަށް ހަލުވި ކަމާއި އެކު އައިސްފައިވާ ތަރައްޤީ އެކޭ ބުނެވިދާނެއެވެ.

ދުނިޔެ ކުރިއަރައި ދިޔައީ ޒަމާނަށް އައި ބަދަލު ތަކާއި އެކު ގައެވެ. ޓެކްނޮލޮޖީ އާއި އެކު މީހުންވެސް ތަރައްޤީވެ ގިނަ އުފެއްދުންތައް އިތުރުވެގެންދިޔައެވެ.

އޭގެ އެއް ހެއްކަކީ އިހު ޒަމާނުގައި ބޭނުންކުރި އިސްތިރިއެވެ. މިއީ މީގެ ފަންސަވީހަކަށް އަހަރު ކުރީގައި ފެނުނު އެއްޗެކެވެ. ނަމަވެސް މިއަދު ފޮޓޯއަކުން ނަމަވެސް މި އިސްތިރި މި ފެނުނީ އެތައް އަހަރުތަކަކަށް ފަހުގައެވެ. އިނގިރޭސި ބަހުން މިކަހަލަ އިސްތިރިއަށް އެއިރު ކިޔައި އުޅުނީ "ސޭޑް އަޔަން" ނުވަތަ "ފްލެޓް އަޔަން" އެވެ.

އިސްތިރި ފޮޓޯއަކުން ފެނުނުއިރު ހައިރާން ކުރުވި އެއް ކަމަކީ މި އިސްތިރީގެ އަގު ފެނިފައެވެ. އޮންލައިން ޕޭޖެއްގައި 2500 އަށް ރުފިޔާއަށް އިސްތިރިއެއް ވިއްކަން ޖަހާފައި ހުރުމުން އެކަމުގެ މައުލޫމާތު ސާފުކޮށްލީމެވެ.

މިއީ އާދައިގެ އިސްތިރިއެއް ނޫނެއެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންގެ ކާބަފައިން އިސްތިރިކުރަން ގެންގުޅުނު އެއްޗެކެވެ. މިއަދު މި އިސްތިރި މިވަނީ އާސާރީ އެއްޗަކަށް ވެފައެވެ. ސަބަބެއްވެސް ނެތި އެއް ނޫނެއެވެ. މި އިސްތިރި ހަދަން ބޭނުން ކޮށްފައިވާ މައުދަނަކީ މިއަދު ރާއްޖެއިން މަދުން ނޫނީ ނުލިބޭ އެއްޗެކެވެ. ލިބުނަސް އެހާމެ އަގު ބޮޑެވެ. އެއިރުގެ އިސްތިރި ހަދާފައި ހުންނަނީ ލޮއި އަދި އެލުމިނިއަމް ބޭނުން ކޮށްގެންނެވެ.

މިއީ ކުރީގައި 50 ވަރަކަށް ރުފިޔާއަށް ލިބުނު އިސްތިރިއެއް ކަމަށް އެއިރުގެ މީހުންނާއި ވާހަކަ ދައްކާލުމުން ބުންޏެވެ.. ކޮންމެއަކަސް އަގުގެ ތަފާތެއް މިއައީ މި އިސްތިރި ފަރުމާ ކޮށްފައިވާލެއް ފުރިހަމަ ކަމުންނާއި މިފަދަ ގޮތަކަށް މިކަން ކުރާނެ މީހުން މިއަދު މަދު ވީމައެވެ. އަދި މި ކަހަލަ އިސްތިރި މިއަދު ބޭނުން ކުރާ މީހުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

1990 ގެ އަހަރުތަކާއި ހަމައިން ޒަމާނަށް އަންނަން ފެށި ބަދަލުތަކާއި އެކު މީހުން ވަނީ ކަރަންޓް އިސްތިރި ބޭނުން ކުރަން ފަށާފައެވެ. ނާށި އަންދައިގެން ބޭނުން ކުރަމުން އައި މި ލޮއި އިސްތިރި ބޭނުން ކުރުން މަޑު ޖެހުމަކަށް އައެވެ.

އެއިރު މީހުންނާއި ވާހަކަ ދައްކާލުމުން ބުނީ މިފަދަ އިސްތިރިއަކަށް ކަރަންޓްގެ ބޭނުން ކުރަން ނުޖެހޭނެ ކަމަށެވެ. ނާށި އަންދައިގެން ބޭނުންކުރާ މި އިސްތިރީގައި ހޫނުމިން ގިނަ އިރު ހިފަހައްޓާ ކަމަށެވެ. އިސްތިރީގައި ހެދުން ތަތް ލެވުން ފަދަ ކަންކަން ނުހިނގާ ކަމަށް ވެސް އެމީހުން ބުންޏެވެ.

މިޒަމާނުގައި މި ބޭނުންކުރާ އިސްތިރި ތަކަކީ އަގު ހެޔޮވެފައި އެހެން ނަމަވެސް މަދު ދުވަސްކޮޅަކަށް ބޭނުން ކުރެވޭ އިސްތިރިއެއް ނަމަވެސް ފައިދާތައް ގިނައިސްތިރި އެކެވެ. ބޭނުންކުރަން ފަސޭހަވެސްމެވެ. އެހެންކަމުން ކުރިން ބޭނުންކުރި މި ލޮއި އިސްތިރި ބޭނުން ހުއްޓުނީ މިސަބަބާއި ހެދި ކަމަށްވެސް ވެދާނެއެވެ.

އެންމެ ފުރަތަމަ ކަރަންޓް އިސްތިރިއެއް އުފެއްދީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހެންރީ ޑަބްލިޔު ސީލޭ 1882 ވަނަ އަހަރު އެވެ. އެއިސްތިރީގެ ބަރު ދަނުގައި ފަނަރަ ޕައުންޑް ހުރިއިރު އެ އިސްތިރި ހޫނު ކުރަން ވަރަށް ގިނަ ވަގުތު ނަގައެވެ.

މިއަދު މިފެންނަނީ ބޭނުން ވަރަކަށް ފިނި ހޫނުމިން ބެހެއްޓޭ ފަދަ އިސްތިރިތަކެކެވެ. ސައިޒްގެ ގޮތުންނާއި ި ގެންގުޅެލަންވެސް މިހާރު ބޭނުންކުރާ އިސްތިރިތައް ފަސޭހައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޫކީގެ ނޮބެލް އިނާމުގެ  އަގުވެއްޓިފައި

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

19 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު