Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނު

ޕާކިސްތާނުގެ މާރުކޭޓެއްގައި ގޮއްވާލި ބޮމެއްގަ 31 މީހުން މަރުވެއްޖެ

23 ނޮވެމްބަރު 2018 | ހުކުރު 18:49

ބޮން އޮތީ ތަރުކާރީތަކެއްގެ ތެރޭގައި ފޮރުވާފަ

އަމަން ހަލީމް
އަމަން ހަލީމް | 23 ނޮވެމްބަރު 2018 | ހުކުރު 18:49
ބޮން ގޮއްވާލި ސަރަހައްދު

ބޮން ގޮއްވާލި ސަރަހައްދު

ޕާކިސްތާނުގެ އޮރަކްޒާއީ ސަރަހައްދުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހުންގެ ފުރާނަ ގެއްލި، 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ހުކުރު ދުވަހު ދިން މި ހަމަލާގައި ބޭނުންކުރި ބޮން އޮތީ ތަރުކާރީތަކެއްގެ ތެރޭގައި ފޮރުވާފައިވާ ކަމަށް އޭއެފްޕީ އަށް މައުލޫމާތު ދިން އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މަރުވި މީހުންނާއި، ޒަހަމްވި މީހުންނާއި، އެމީހުންގެ އާއިލާތަކަށް ހެޔޮ ދުޢާ އާއި ތައުޒިޔާ ވިދާޅުވެފައެވެ.

އޮރަކްޒާއީ އަކީ އަފްގާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ، ނިސްބަތުން ޝީޢީން ގިނަ ހިސާބެކެވެ. އަދި މި ސަރަހައްދު ނިސްބަތް ވަނީ އެމެރިކާއިން ދުނިޔޭގެ އެންމެ ނުރައްކާތެރި ކަމަށް ބަލާ އެއް ސަރަހައްދު ކަމުގައިވާ ޕާކިސްތާނާއި އަފްގާނިސްތާނުގެ ފަރުބަދަމަތީ ހިސާބުގަނޑަށެވެ.

ޒަމާނުއްސުރެން މި ސަރަހައްދުގައި ހިނގަމުން އައިސްފައިވަނީ، އިނގިރޭސިންގެ އިސްތިއިމާރުގެ ދުވަސްވަރުގެ ގަވައިދުތަކާއި ސަރަހައްދީ ގަބީލާތަކުގެ އަމިއްލަ ގާނޫނުތަކެވެ. ޕާކިސްތާނުގެ ގާނޫނު މި ސަރަހްދުގައި ތަންފީޒު ކުރުމަށް މަގުފަހި ކުރުމަށް، މި އަހަރުގެ ކުރީކޮޅު ޕާކިސްތާންގެ ސަރުކާރުން ވަނީ ޕާކިސްތާނުގެ ޚައިބަރު ޕަކްތުންވާ ޕްރޮވިންސްގެ ދަށަށް މި ސަރަހައްދު ގެނެއުމަށް ގާނޫނެއް ހަދާފައެވެ.

ހުކުރު ދުވަހު ވަނީ ކަރާޗީގައި ހުންނަ ޗައިނާ ކޮންސުލެޓްއަށް ވެސް ހަމަލާ ދީފައެވެ. ނަމަވެސް މިއީ އެއް ބަޔަކު ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް