Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ ޚާރިޖީ ސިޔާސަތު

މިއީ ރާއްޖެއިން އުތުރު ކޮރެއާގެ އުޞޫލު ދޫކޮށްލާ ވަގުތު

ރާއްޖެވެސް، އުތުރު ކޮރެއާވެސް ބޭރު ދުނިޔެއާއި އެކަހެރިވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 ނޮވެމްބަރު 2018 | ހުކުރު 14:10
ރައީސް ޔާމީން ޤައުމު ހިންގެވި ގޮތާއި އުތުރު ކޮރެއާގެ ކަންކަން ހިނގާ ގޮތާއި މާބޮޑު ތަފާތެއް ނެތް

ރައީސް ޔާމީން ޤައުމު ހިންގެވި ގޮތާއި އުތުރު ކޮރެއާގެ ކަންކަން ހިނގާ ގޮތާއި މާބޮޑު ތަފާތެއް ނެތް

ދުނިޔޭގެ މަސްރަހުގައި އުތުރު ކޮރެއާ މަޝްހޫރު ވެފައިވަނީ އެޤައުމުގެ ހުދުމުޚުތާރުކަމާއި، ބައިނަލްއަޤްވާމީ މުޖްތަމައާއި އެކަހެރިވެފައި އޮންނަ އޮތުމަށެވެ.

ހުދުމުޚުތާރު ވެރިންގެ ސަބަބުން މުޅި ޤައުމު ބަނޑަށް ޖެހިފައިވާއިރުވެސް، ބޭރު ދުނިޔެއަށް ދައްކަމުން ދަނީ އެޤައުމު އޮތީ އަމިއްލަ ފުދުންތެރިކަމުގައިކަމަށެވެ. ބޭރު މީހުންނަށް ޤައުމު ބަންދުކޮށް، ޤައުމުގެ ރައްޔިތުންނަށް ބޭރަށް ދިޔުން މަނާކޮށް، މުޅި ޤައުމު ވަނީ އެކަހެރިކޮށްފައެވެ. އުތުރު ކޮރެއާއަށް ޚާއްސަ ވިސާއެއްގެ ދަށުން ކޮންމެ މަހަކުވެސް މަދު އަދަދަކަށް ނަމަވެސް ފަތުރުވެރިންނަށް ދެވޭއިރު، އެޤައުމަށް ދާ ފަތުރުވެރިންނަށް ދައްކަނީ ވެރިިރަށް ޕިޔޮންގްޔަންގް އާއި އުތުރު ކޮރެއާ ސަރުކާރުން ހަދާފައިވާ ރިސޯޓުތަކެވެ.

އުތުރު ކޮރެއާގައިވެސް ވެރިކަމުގެ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާކޮށް، ވެރި މީހާއާއި ދެކޮޅުވާ ކޮންމެ މީހަކު ލަމުން ދިޔައީ ޖަލަށެވެ. ދައުލަތުގެ ޚަޒާނާއަކީ ވެރިމީހާގެ ވޮލެޓޭވެސް ބައެއް ފަހަރު ހީވާނެއެވެ.

ދިވެހިރާއްޖެވެސް ފާއިތުވި 5 ވަރަކަށް އަހަރު ހިނގީ އެމަގުންނެވެ. ބައިނަލްއަޤްވާމީ މުޖްމަތައުން ރާއްޖެ އެކަހެރިކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި ސިޔާސީ ހަލަބޮލިކަމުގެ މައްސަލައަށް އެޖަމާޢަތުން ޚާއްސަ ސަމާލުކަމެއް ދޭން ފެށުމުންނެވެ. ފާޑުކިޔުންތައް ބަލައި ނުގަތްތަނުގައި ބައިނަލްއަޤްވާމީ މުޖްމަތައުގައި ބަސްވިކޭ ބައެއް ތިިބިނަމަ އެބަޔަކާއި ރާއްޖެއިން އޮތީ ޖެހިގެންފައެވެ. މެދުއިރުމަތީގެ މައްސަލައިގެ ތެރެއަށް ވަދެ، ޤަތަރާއި އީރާނާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ، އެޤައުމުތަކުން ރާއްޖެއަށް ކީއްކޮށްގެން ކަމެއްވެސް ދެނަހުރި މީހަކު ނެތެވެ.

މިއީ ރާއްޖެއިން އަނބުރާ ބައިނަލްއަޤްވާމީ މުޖްތަމައަށް ނިކުންނަންވީ ވަގުތެވެ. ގުޅުން ކަނޑާލާފައިވާ ޤައުމުތަކާއި ގުޅުން ޤާއިމްކޮށް، ގުޅުން ކުޑަކޮށްފައިވާ ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރަންވީ ވަގުތެވެ. ބަޔަކު ބަޔާނެއް ނެރޭއިރަށް އެބަޔަކާއި ދިމާއަށް ސަރުކާރުގެ އިސްވެރިން ހިތުހުރިހާ އެއްޗެއް ނުކިޔައި، އެފަރާތްތަކުން ދައްކާ ވާހަކަތައް އަޑު އަހަންވީ ވަގުތެވެ. އައު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށާއި އެހެން ޤައުމުތަކަށް އެކުރައްވާ ދަތުރުފުޅަކީ އޭގެ ފެށުމެއްކަމަށް ބެެލެވިދާނެއެވެ. ޝާހިދަކީ ތަޖުރިބާކާރު ޑިޕްލޮމެޓަކަށް ވެފައި، ރައީސް ސޯލިހްގެ ސަރުކާރުގައި ތިއްބެވި ޚާރިޖީ ދާއިރާގެ އެހެން ބޭފުޅުންގެ ވާހަކަފުޅުތަކަށް ބަލާއިރު، ރާއްޖެއިން ގެންގުޅޭނީ ހުރިހާ ފަރާތަކަށް ހަމަހަމަ ޚާރިޖީ ސިޔާސަތެކެވެ.

އިންޑިއާއަކީ ރާއްޖެއާއި ގާތް ޤައުމެއްނަމަވެސް، އިންޑިއާއާއިއެކު އޮންނަ ގުޅުން ޤާއިމްކުރުމުގެ ތެރެެއިން އިންޑިއާ ކަނޑުގެ މަސްލަހަތު ނުގެއްލޭނެ ގޮތަކަށްވެސް އަމަލުތައް ބަހައްޓަން ޖެހެއެވެ. ޗައިނާއަކީވެސް ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރަން ޖެހެއެވެ. އެހެންކަމުން ޗައިނާއާއިއެކު އޮންނަ ގުޅުން ކުޑަކުރުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

އުތުރު ކޮރެއާއިން ގެންގުޅޭ ވެރިރަށް އެކަނި ތަރައްޤީކުރުމުގެ ސިޔާސަތަކީވެސް ފާއިތުވި 5 ވަރަކަށް އަހަރު ރާއްޖެއިން ފެނުނު މަންޒަރެވެ. ބޮޑެތި އިމާރާތްތަކާއި ބްރިޖްތައް އެޅުމުން ޤައުމަކީ މުއްސަނދި ޤައުމެއްކަމަށް ބަޔަކަށް ހީވިޔަސް، ޤައުމުގެ ރައްޔިތުން ތިބީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިއެވެ. އެކަމުގައިވެސް އުތުރު ކޮރެއާއިން ގެންގުޅޭ އުޞޫލު ދޫކޮށް، މުޅި ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް އެވަނީ ފެށިފައެވެ.

މިއީ ހުރިހާ ކަމެއްގައިވެސް އުތުރު ކޮރެއާގެ އުޞޫލު ރާއްޖެއިން ދޫކޮށްލަން ޖެހޭ ވަގުތެވެ. ވަކި ކަމެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު