Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިއީ ލޯތްބަކީ

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

މިފިލްމު ހެދުމަށް ދިޔަ ޚަރަދު ވަނީ މިހާރު ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 13:32
މީލޯތްބަކީގެ ޕޯސްޓަރެއް

މީލޯތްބަކީގެ ޕޯސްޓަރެއް

ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ނުވަ ވަނަ ފިލްމު "މިއީ ލޯތްބަކީ" ދިވެހި ސިނަމާތަކަށް އައިސްފައިވަނީ މިދިޔަ އެޕްރީލްމަހުގެ 5 ވަނަ ދުވަހުގައެވެ.

މި ފިލްމުގެ އެންމެ މަޖާ ރޯލުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާދަމް ރިޒްވީ ބުނި ގޮތުގައި ހުރިހާ ސީނަކީ ވެސް ވަރަށް މަޖާ ސީންތަކެވެ. އެހެން ނަމަވެސް އޭނާ ބުނީ ފިލްމުގައި ފެންނަ ހަމައެކަނި އަސްލު މަންޒަރު ކަމުގައިވާ ފައިސަލް ކަންފަތް މަތީގައި ޖަހާލާ މަންޒަރު އެއީ އޭނާއަށް އެންމެ ފާހަގަވި މަންޒަރުކަމަށެވެ. އަދި އެއީ ސްކްރިޕްޓުގައި ވެސް ނެތް ސީންއެއްކަމަށް އޭނާ ބުންޏެވެ. ރިޒްވީ ބުނީ އެ މަންޒަރު ހަމަ ނެގުމާއެކު އެންމެން އެކީ ބަނޑިބަނޑިލާފައި ހޭން ފެށީކަމަށާއި އެއީ ވަރަށް ފާހަގަ ކުރެވޭ މަންޒަރުކަމަށެވެ. މި ފިލްމުގައި ހިމެނޭ މަޖާ ކޮންމެ މަންޒަރަކީވެސް އާންމުން އުފަލުން ބަލައިގަތް މަންޒަރުތަކެވެ. މިއ

މި ފިލްމުގައި ޖުމްލަ 6 ލަވަ ވަނީ ހިމަނާފައެވެ. އެލަވަތަކަކީ މިހާރު ދިވެހި ލަވަތަކުގެ ތެރެއިން އާންމުކޮށް އިވޭ ލަވަތަކެކެވެ. އޭގެ ތެރެއިން ޑިޓިއުން ބޭންޑުގެ "ހީލާހަދަން" އަކީ ފްލައިޓެއްގެ ތެރޭގައި ޝޫޓްކުރި ފުރަތަމަ ދިވެހި ވީޑިއޯ ލަވަ އެވެ. ލަވަ ޝޫޓް ކޮށްފައިވަނީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ތެރޭގަ އެވެ. ވަރަށް މަޖާ އަދި އުފާވެރި މަންޒަރުތަކެއް މި ލަވައިން ފެނެ އެވެ. ލަވައަކީ އުފާވެރި އިހުސާސެއް ކުރުވާ ލަވައެއް ކަމުން އެކަން ލަވައިގެ ވީޑިއޯއިން ވަރަށް ފުރިހަމައަށް ވަނީ ދައްކާލާފަ އެވެ. މި ލަވައިގެ ފިލްމްގައި ފެނިގެންދާ ގިނަ ތަރިން ފެނިގެންދާއިރު ލަވަ ޝޫޓްކޮށްފައިވަނީ މުޅިއަކު 60 އަށްވުރެ ގިނަ މީހުން ހިމަނައިގެންނެވެ. އެއީ މި ފިލްމު ބަލައިގަތް އެއްސަބަބު ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

މިއީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިސްކޮށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ. އަދި ޗިއްޕެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފީޗާ ފިލްމެއްގައި މިހާތަނަށް އެންމެ ބޮޑު ކާސްޓާއެކު އުފައްދާފައިވާ ފިލްމެވެ. ދެ ގަޑިއިރާ 59 މިނެޓް 31 ސިކުންތުގެ ދިގު މިނަށް ފައްތާފައިވާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމު ހެދުމަށް ގާތްގަނޑަކަށް 45،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މޮގާ ބުނިގޮތުގައި ފިލްމު ހެދުމަށް ދިޔަ ޚަރަދު މިހާރު ވަނީ އެ ފިލްމަށް ލިބިފައެވެ. މިއީ މި ފިލްމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

"މިއީ ލޯތްބަކީ" ގެ ލީޑް ރޯލުން ފެންނަނީ މަރިޔަމް އައްޒަ (އައްޒަ) އާއި ޖުމައްޔަލް ނިމާލެވެ. އޭގެ އިތުރުން މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް، އަހުމަދު ސުނީ، ހަމްދާން ފާރޫގ ހިމެނެއެވެ. މީގެ އިތުރުން ސަމާ، އަމަން، ސާޔާ އަދި ސާޖީ ފިލްމީ ދާއިރާއަށް މުޅިންވެސް އާ ތަރިންނެވެ.

މިހާތަނަށް ހައުސްފުލް 19 ޝޯ ދެއްކުމަށްފަހު އެ ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަޅުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ ހާމަ ކޮށްފައެވެ. އަދި މާލޭގައި އެފިލްމުގެ އެންމެ ފަހުގެ ވަދާއީ ޝޯތައް މިހާރު ދަނީ ދައްކަމުންނެވެ. މިހާތަނަށް އެ ފިލްމުގެ 24 ވަރަކަށް ޝޯ ވަނީ ހަމައެކަނި މާލޭގައި ދައްކާފައެވެ. އޭގެ ތެރެއިން 19 ޝޯއަކީ ހައުސްފުލް ޝޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
"ޓިއުބްލައިޓް" ކާމިޔާބުތަ؟

"ޓިއުބްލައިޓް" ކާމިޔާބުތަ؟

08 ޖުލައި 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު