Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ސައީދު

ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދީ އެންމެ ހެޔޮ އަގުގައި: ސައީދު

23 ނޮވެމްބަރު 2018 | ހުކުރު 07:27

ލޯނު ދެއްކޭނެ އިންތިޒާމް ރައީސް ޔާމީންގެ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2018 | ހުކުރު 07:27
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކުރީގެ ރައީސް އަބްދުލްﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން އެންމެ ހެޔޮ އަގުގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ލޯނުތައް ނަގާފައިވަނީ ކޮމާޝަލް ރޭޓުން ކަމަށާއި، ލޯނުތަކުގެ ސަބަބުން ގައުމު ދަރަނިވެރިވެ، އައު ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ޝާހިދަށް ރައްދުދެއްވާ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން ރާއްޖެއަށް މިހާތަނަށް ހޯދި އެންމެ ހެޔޮ އަގުގައި ކަމަށާއި، ލޯނު ދެއްކޭނެ އިންތިޒާމުވެސް ރައީސް ޔާމީންގެ ސަރުކާރުން ހުންނާނީ ފަހިކޮށްދީފައި ކަމަށެވެ. އަދި މިކަން ސަރުކާރުން އޮޅުވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ނުއަގުގައެވެ. އެގޮތުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި، މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަޝްރޫއު ފާހަގަކޮށްލެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް 53 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވަނިކޮށް އެމަސައްކަތް ހަވާލުކޮށްފައިވަނީ 142 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް ހުށަހެޅި ފަރާތަކަށެވެ. އޭގެ ސަބަބުން ދައުލަތަށް 89 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެއްލުން ވަނީ ލިބިފައެވެ.

ދައުލަތައް ގެއްލުންވި 1.3 ބިލިއަން ރުފިޔާއަކީ 15 އެއަރޕޯޓު އެޅޭނެ ފައިސާއެވެ. އަދި ހަމައެފައިސާއިން ހުޅުމާލެވަރުގެ 3 ބިން ހިއްކާލެވޭނެއެވެ.

ހަމައެގޮތަށް ސިނަމާލެ ބްރިޖަށް ހަރަދުކުރި 210 މިލިއަން ޑޮލަރަކީ މިފަދަ 3 ބްރިޖު އެޅޭނެ ފައިސާ ކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ. ބްރިޖަށް ހަރަދުކުރި 210 މިލިއަން ޑޮލަރުގެ ތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ.

މިސަރުކާރުން ނަގާފައިވާ ލޯނުތަކާއި ބިލްތަކަށް އެކަނި ވެސް ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އާ ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން ސަރުކާރުގެ ކަންކަން ހުރި ގޮތް ބެލި ޓްރާންސިޝަން ކޮމިޓީގެ ފައިނޭންސް ސަބް ކޮމިޓީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް