Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޫރީދޫ ކަލަރ ރަން

އޫރީދޫ ކަލަރ ރަން މާދަމާ!

ކައިޓް ފެސްޓިވަލެއް އޮންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2018 | ބުރާސްފަތި 14:18
އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރ ރަންގެ ތެރެއިން

އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރ ރަންގެ ތެރެއިން

އުރީދޫގެ މަޤްބޫލު ކަލަރ ރަން ތަފާތު ހަރަކާތްތަކާއެކު ހުކުރު ދުވަހު ފަށާނެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އުރީދޫ ކަލަރ ރަންގެ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އުރީދޫއިން އެންމެހާ ފަރާތްތަކަށް މަރުހަބާ ކިޔާފައިވާއިރު އެކި ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ތަފާތު ކުރުމަށްޓަކައި، އެ ދުވަހު ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކަލަރ ރަންގެ ހަރަކާތްތަކަށް އަލަށް އިތުރު ކުރެވިފައިވާ ގުޑި މަހާސަމާ ބާއްވާނީ އިހުޒަމާނުއްސުރެ ދިވެހި އާއިލާތަކުގެ މެދުގައި އޮންނަ ގުޑި އެރުވުމުގެ އާދަކާދަ އައުކޮށް، މި ސަގާފަތް ދިރުވާ އާލާކުރުމުގެ މަޤްސަދުގައެވެ. ހުކުރު ދުވަހު ހެންދުނު 8.00 ގައި ފެށިގެންދާ މި މަހާސަމާގައި ތަފާތު ގުޑިތައް ދައްކާލުމުގެ އިތުރުން، ގުޑި ހެދުމަށް ދަސްކޮށްދިނުން، ގުޑި އެރުވުމުގެ މުބާރާތެއް، އަދި ބޮލްސް ރޭހެއްވެސް އޮންނާނެ ކަމަށް އުރީދޫ އިން ބުނެއެވެ. މި ހަރަކާތުގައި ކުދިބޮޑު އެންމެހާ ބޭފުޅުންނަށްވެސް، ޕްރީ-ރެޖިސްޓްރޭޝަން އަކާއި ނުލާ ބައިވެރިވެވޭނެއެވެ.

ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކޮށްދޭ، އުރީދޫ ކަލަރ ރަން ހުކުރު ދުވަހުގެ ހަވީރު 3:30 ގައި ފަށާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. ކަލަރ ރަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން ވަނީ އެންމެ ފޯރިގަދަ ދުވުންތެރިންނާއި އަދި އެންމެ ސަޅި ކޮސްޓިއުމްތައް ފާހަގަކޮށް، ވަރަށް ތަފާތު ހަދިޔާ ތަކެއް ދޭން ހަމަޖައްސާފައިވާ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ކަލަރ ރަން ނިމުމަށްފަހު، ރޭގަނޑު 8:30 އިން ފެށިގެން ހުނަރުވެރި ދިވެހި މިއުޒިކީ ފަންނާނުންނާއި އެކު މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެ ކަމަށާއި ޝޯގައި ބައިވެރިވާ މިއުޒީޝަނުންގެ ތެރޭގައި ޓްރެފިކް ޖޭމް، ލެވިޓޭޝަން ބައި ހެބޭސް، ސަމާ، ޒިޕޯ އާއި ސޮއްޕެ، އަދި ހަބޭސް ބޮޑުބެރު ހިމެނޭ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާ ބޭންކްތައް ހުޅުވޭނެ

މާދަމާ ބޭންކްތައް ހުޅުވޭނެ

27 ޖޫން 2017
އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

14 ޖޫން 2017
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

12 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު