Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެލައިޑް އިންޝުއަރަންސް

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

ސްޓިކަރ ފޯނުން ދައްކާލެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 އެޕްރީލު 2017 | ބުރާސްފަތި 16:53
އެލައިޑް އިންޝުއަރަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެލައިޑް އިންޝުއަރަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މޮޓޯ އިންޝުއަރަންސް - އިލެކްޓްރޯނިކް ސްޓިކަރގެ ނަމުގައި މުޅިން އާ ހިދުމަތެއް ތައާރަފުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް އިފްތިތާހުކޮށްދެއްވީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ޖެނެރަލް މެނޭޖަރ އަހުމަދު ރިޔާޒީ މުހައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އަހުމަދު ސައުދީ އެވެ.

ވެބް ޕޯޓަލެއް މެދުވެރިކޮށް އެލައިޑް އިންޝުއަރަންސްގައި ވެހިކަލް އިންޝުއަރަންސް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް އާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ މިހިދުމަތަކީ ބޭނުންކުރަން ފަސޭހަ ހިދުމަތެކެވެ. އެގޮތުން މިހިދުމަތް މެދުވެރިކޮށް މަގުމަތީގެ އަމަން އަމާންކަން ޔަގީންކުރެއްވުމަށް ހަރަކާތްތެރިވާ ޓްރެފިކް ޕޮލިހުން ވެހިކަލެއްގެ އިންޝުއަރަންސް ވެލިޑިޓީ ބަލާލުމަށް ބޭނުންވާއިރު، ވެހިކަލުގައި ހަރުކޮށްފައި އިންނަ އިންޝުއަރަންސް ސްޓިކާ ދައްކާލުމުގެ ބަދަލުގައި ސްޓިކަރ ފޯނުން ދައްކާލުމުން ފުދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އެލައިޑް އިންޝުއަރަންސުން މޮޓޯ އިންޝުއަރަންސް އީސްޓިކަރ ހިދުމަތް ތައާރަފުކުރުމުގެ މަގުސަދަކީ މުޖްތަމައުގައި ހިނގާ އިންޝުއަރަންސް ސްޓިކަރ ފޯޖްކުރުން ފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް ފުލުހުންގެ މުއައްސަސާއިން ކުރައްވަމުންދާ ގެންދަވާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންނަށް މިއިލެކްޓްރޯނިކް ސްޓިކަރގެ ޒަރިއްޔާއިން އިންޝުއަރަންސްގެ ސައްހަކަން ވަގުތުން ބަލާލެވޭނެ ކަމުގައި ރިޔާޒީ ފާހަގަ ކުރެއްވިއެވެ. އަދި މިހިދުމަތް ކާމިޔާބުކަމާއެކު އާންމުންނާއި ހަމައަށް ގެނެސްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެދެއްވި އެހީތެރިކަމަށް އެލައިޑް އިންޝުއަރަންސްގެ ނަމުގައި ޝުކުރު ދެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ އަލަށް މިތަޢާރަފްކުރެވޭ އެޕްގެ ސަބަބުން މަގުމަތީގައި ދުއްވާ އުޅަނދު ޗެކް ކުރެވޭނެ ކަމަށާއި މިހާރު ދިމާވާ ދަތި އުނދަގޫތަކަށް މިއެޕްގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެލައިޑުން ބުނީ މިއީ މިހާރުވެސް އަޔާދީ ތަކާފުލް އާއި އެލައިޑުން ދޫކުރާ މޮޓޯ އިންޝުއަރެންސްގެ ޙިދުމަތެއް ކަމަށެވެ. ނަމަވެސް މިތަޢާރަފްކުރެވުނު އެޕާއި އެކު މޮޓޯ އިންޝްއަރެންސް ސްޓިކާ ތަތް ކުރުމަށް ކަސްޓަމަރުންނަށް އިތުރު އޮޕްޝަނެއް ލިބިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2018

"އެލައިޑް ހަލް ޕްރޮމޯޝަން"ގެ ނަސީބު ވެރިޔާ ހޮވައިފި

04 ޖެނުއަރީ 2018
"އެލައިޑް ހަލް ޕްރޮމޯޝަން"ގެ ނަސީބު ވެރިޔާ ހޮވައިފި
31 ޑިސެމްބަރު 2017

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑްން 158 މިލިއަން ރުފިޔާ ދޫކޮށްފި

31 ޑިސެމްބަރު 2017
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑްން 158 މިލިއަން ރުފިޔާ ދޫކޮށްފި
29 ނޮވެމްބަރު 2017

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !

29 ނޮވެމްބަރު 2017
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !
04 ސެޕްޓެމްބަރު 2017

"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި

04 ސެޕްޓެމްބަރު 2017
"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި
17 ޖުލައި 2017

އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި

17 ޖުލައި 2017
އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު