ރައީސް ނަޝީދު ޗައިނާ ސަފީރުއާ ބައްދަލުކުރައްވައިފި
21 ނޮވެމްބަރު 2018 | ބުދަ 12:48ރައީސް ނަޝީދު، ޗައިނާ ސަފީރު ޒަންގް ލިޒޯންގާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު

ރައީސް ނަޝީދާއި ޗައިނާގެ ސަފީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ ސަފީރު ޒަންގް ލިޒޯންގާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ބުދަ ދުވަހު ބޭއްވި މިބައްދަލުވުމާއި ބެހޭ ގޮތުން އެމްޑީޕީން ބުނީ މިއީ ރައީސް ނަޝީދު، ޗައިނާ ސަފީރު ޒަންގް ލިޒޯންގާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި، މިބައްދަލުވުމުގައި މުހިންމު ގިނަ ކަންކަމާއި މެދު ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުންނާއި، އިންވެސްޓު ކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު، ޗައިނާ ސަފީރާ ބައްދަލު ކުރައްވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަމެއްވި ގައުމަކީ ޗައިނާ އެވެ. އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތީ އުފެދިފަ އެވެ.









