Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާކަނާ ޝޯ

'މާކަނާ ޝޯ ރާއްޖެޓީވީ އަށް!

22 ނޮވެމްބަރު 2018 | ބުރާސްފަތި 12:01

މިފަހަރުގެ ޝޯ ވަރަށް ތަފާތުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2018 | ބުރާސްފަތި 12:01
މާކަނާ ޝޯ ދެއްކުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން..

މާކަނާ ޝޯ ދެއްކުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން..

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "މާކަނާ ޝޯ"ގައި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެރެކްޓަރ ހިމަނައި، ރާއްޖެޓީވީން އަލުން އެ ޝޯ ދައްކަން ފެށުމަށް ނިންމައިފި އެވެ.

ދިވެހި ފުރަތަމަ އެނިމޭޓެޑް ޝޯ ހުއްޓިފައި އޮތުމަށްފަހު ރާއްޖޭޓީވީން ދެއްކުމަށް އަންގާރަ ދުވަހު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް އެވެ. ސެލްމިން އެނިމޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޫޑިއޯގެ ސީއީއޯ ޔާމީން ރަޝީދު އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގައި ބޭއްވި މި ރަސްމިއްޔާތުގައި މާކަނާ ޝޯގެ ޓްރެއިލާރ އާންމު ކުރުމަށްފަހު ޔާމީން ވިދާޅުވީ މިފަހަރުގެ ޝޯ ވަރަށް ތަފާތުވާނެ ކަމަށާއި، އައު ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ތަފާތު ގޮތަކަށް" ފެނިގެންދާނެ ކަމަށެވެ.

"އަނެއްކާ ވެސް ތަފާތު އަޑެއް އަޅާފަ އާ ރައީސް އަށް އާ ކެރެކްޓަރ އެއް. ތަފާތު ޕާސަނަލަޓީގެ ރައީސް އެއް ފެނިގެންދާނެ އަނެއްކާ ވެސް" ޔާމީން ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވިދާޅުވީ ދުވަސްތަކަކަށްފަހު މާކަނާ ޝޯ ފެނިގެންދާތީ ހިތްހަމަ ޖެހޭ ކަމަށާއި، މިއީ ދިވެހިންނަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ސަލީމް ވިދާޅުވީ މީގެ ކުރިން ދެއްކި މާކަނާ ޝޯތަކުން ޔާމީންއާއި ޔާމީންގެ ޓީމުގެ ހުނަރު ފެނިގެންދިޔަ ކަމަށާއި، އާ ރައީސް އާ އެކުގައި ނުކުންނަ އާ ސީރީޒް މާ ފުރިހަމަ ވެގެންދާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

"މާކަނާ ޝޯގެ އާ ސީރީޒުން އަޅުގަނޑު އުންމީދު ކުރަނީ ބެލުންތެރިން އުންމީދު ކުރާފަދަ، ބެލުންތެރިން ބޭނުންވާފަދަ ތަފާތު މެސެޖްތަކާއެކު އަލަށް އަޅުގަނޑުމެންނާއި ބައްދަލުކުރި އާ ސިޔާސީ މާހައުލު ވަރަށް ރަނގަޅަށް ތަމްސީލް ވެގެންދާނޭ. ވަރަށް ހުނަރުވެރި ޓީމަކުން ތައްޔާރު ކުރަނީ. އެހެންވީމަ އެކަމަށް ނެތް ޝައްކެއް، ސުވާލެއް ނެތް،" ސަލީމް ވިދާޅުވިއެވެ.

ސެލްމިން އެނިމޭޝަން ސްޑިއޯގެ މާކަނާ ޝޯއަކީ ރާއްޖޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ޝޯއެކެވެ.

ރައީސް ސޯލިހްގެ ކެރެކްޓަރ އާއެކު ގެނެސްދޭ މާކަނާ ޝޯގެ 13 ވަނަ ސީޒަން ރާއްޖެ ޓީވީން ދައްކަން ފަށާނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް