Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާޓީ ބަދަލުކުރުން

ޕާޓީ ބަދަލުކުރިޔަސް، ކުރި ކަންތައް ނުކުރާ ކަމަކަށް ނުވާނެ

16 ނޮވެމްބަރު 2018 | ހުކުރު 02:15

މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ގެންދަނީ ވެރިކަމަށް އަންނަ ކޯލިޝަނާއި ގުޅެމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 ނޮވެމްބަރު 2018 | ހުކުރު 02:15
މަޖިލިސް 2 މެމްބަރަކު ޖޭޕީއާއި ގުޅިވަޑައިގަންނަވަނީ

މަޖިލިސް 2 މެމްބަރަކު ޖޭޕީއާއި ގުޅިވަޑައިގަންނަވަނީ

ސޯޝަލް މީޑިއާގައިވެސް، މެއިން ސްޓްރީމް މީޑިއާގައިވެސް މިހާރު އެންމެ ހިނގާ ޚަބަރުތަކަކީ ރައީސް ޔާމީންގެ ސަރުކާރު ދިފާޢުކުރަން އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާ ވާހަކައެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރި ކޯލިޝަންގެ ދެވަނަޔަށް އެންމެ ބޮޑު ޕާޓީއާއި ގުޅިވަޑައިގަންނަވަމުން ގެންދަވާ ބައެއް ބޭފުޅުންނަކީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، އެމަނިކުފާނުގެ އާއިލާއަށް އަދި އެމަނިކުފާނުގެ ވިޔަފާރިތަކަށާއި އެމަނިކުފާނުގެ ޕާޓީއަށް ފާއިތުވި ދެތިން އަހަރު ޖެހުނު ހާލެއް ޖެއްސުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނެވެ.

ބުރާސްފަތި ދުވަހު އިވުނު އަޑުތަކަށް ބަލާއިރުވެސް މެމްބަރު މުބީންއާއި މެމްބަރު ރަޝީދު (ޤާރީ) ޖޭޕީއާއި ގުޅިވަޑައިގެންނެވި ވާހަކަ އަޑު އިވުމުން ހައިރާންވެ އަންތަރީސްވިއެވެ. ބަޔަކު ޕާޓީއަކަށް ވަދެދާނެއެވެ. އެކަން ހުއްޓުވަން ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ. އެހެންނަމަވެސް މުބީންއާއި ރަޝީދު ޖޭޕީއާއި ގުޅިވަޑައިގެންނެވި ޖަލްސާގައި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބެވުމުން، އެ ދެމެމްބަރުންގެ ސަބަބުން ވެރިކަމަށް މިއަންނަ އިންތިހާދަށް ޖެހުނު ޙާލު ހަނދާން ނެތުނީތޯ ހިތަށް އަރައެވެ.

އަހުމަދު ފާރިސް މައުމޫން އެހުރިހާ ދުވަހު ޖަލުގައި ހުންނަވަން ޖެހުނު ސަބަބު މިއަދު ހަނދާން ކޮށްލަން ޖެހެއެވެ. އަނެއްކާ މާދަމާ ނިކުމެވަޑައިގެން ރަޝީދު ޖޭޕީއަށް ކުރެއްވި ސޮއެ އަނބުރާ ނުގެންދަވާނެ ބާއެވެ. މުބީންއަކީ ރައީސް ޔާމީންގެ ސަރުކާރު ދިފާޢުކުރަން އެންމެ ގަދަޔަށް މަޖިލީހުގަޔާއި ސްޓޭޖްތަކުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. އިންތިޚާބުން ބަލިވެ، ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވުމުން ސަރުކާރު ހިންގާ ޕާޓީއަކަށް އެބޭފުޅުން ސޮއެކުރެއްވީ 'އޮޕޮޒިޝަން ޕާޓީ'އެއްގައި މަސައްކަތް ކުރެއްވުމުގެ ލަޤަބު ބޭނުންފުޅު ނުވާތީތޯއެވެ؟

ނުވަތަ މިބޭބޭފުޅުން ބޭނުންފުޅުވަނީ ކޮންމެ ޙާލެއްގައިނަމަވެސް މަޖިލިސް ޓިކެޓްތޯއެވެ؟ އިސްދޫ ދާއިރާއަށްވެސް އަދި ބިލެތްދޫ ދާއިރާއަށްވެސް ކުރިމަތިލައްވަން ބޭނުންފުޅުވާ ކިތަންމެ ބޭފުޅުންނެއް މިއަދު ޖޭޕީގައިވެސް އަދި އެމްޑީޕީގައިވެސް އެބަތިއްބެވިއެވެ. ކުއްލިއަކަށް މުބީންއާއި ރަޝީދު ވަޑައިގެން ތިމަންމެންނަށް އެދާއިރާތަކުގެ ޓިކެޓް ދޭށޭ ވިދާޅުވެ ޑިމާންޑްކުރެއްވިޔަސް، އެކަން އޮގޮތަށް ވެގެން ނުވާނެއެވެ. އެކަން އެހެން ވެއްޖެނަމަ މި ބަދަލު ގެނައުމުގައި އެންމެ ބޮޑަށް ޤުރުބާންވި މީހުންނަށް އެކުރެވެނީ ބޭއިންސާފެެވެ

މި ދެބޭފުޅުން ނޫނަސް ކިތަންމެ ބަޔަކު ކޮޅު ބަދަލުކުރާތަން އެބަފެނެއެވެ. ރައީސް ޔާމީނަށް ނުވަތަ އެމަނިކުފާނުގެ އަނބިކަނބަލުންނަށް ސަނާކިޔައި، ޓުވީޓްކޮށް ފޭސްބުކް ސްޓޭޓަސް ލިޔެގެން ވަޒީފާ ދީފައިތިބި އެތައް ބަޔަކު މިއަދު ކުއްލިއަކަށް އައު ސަރުކާރަށް ސަނާކިޔައި ޚިޔާލުފާޅުކުރާތަން އެބަ ފެނެއެވެ. އަންނަ ސަރުކާރަކީ ސަނާ ކިޔާ މީހުންނަށް ޚާއްސަ ސަރުކާރެއް ނޫންކަމަށް ރައްޔިތުންނަށް އެބޭފުޅުން ވައުދުވެފައިވާކަން އެފަދަ ސްޓޭޓަސް ލިޔާ އަދި ޓްވީޓްކުރާ ފަރާތްތަކަށް ހަނދާންކޮށްދޭން އެބަޖެހެެއެވެ.

ޖުމްހޫރީ ޕާޓީއަށް ވަނަސް، އެމްޑީޕީއަށް ވަނަސް، އަދާލަތު ޕާޓީ ނުވަތަ ރައީސް މައުމޫން ފެކްޝަނާއި ގުޅުނަސް، ހިންގާފައިވާ ކޮރަޕްޝަން ބެލެން ޖެހޭނެއެވެ. މަޖިލިސް ތެރެއިން ނުވަތަ ޕޯޑިއަމްތަކުގައި ކިތަންމެ ވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ސަނާ ކިޔަސް، ތަހުޤީޤުތަކުގައި ކަމެއް ފަޅާއަރައިފިނަމަ އެމީހަކަށް ލިބެން ޖެހޭ އަދަބު ލިބެން ޖެހޭނެއެވެ. އެފަދަ ކަމެއް ހުއްޓުވަން ރައީސް ނަޝީދުވެސް، ރައީސް މައުމޫންވެސް، ޤާސިމްވެސް ޝައިޚް އިމްރާންވެސް މަސައްކަތް ކުރައްވައިގެން ނުވާނެއެވެ. ޕާޓީ ބަދަލުކުރުމަކީ ކުރިކަންތައްތައް ފޮރުވަން ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

08 އޮކްޓޯބަރު 2017
ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.
19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
07 އޯގަސްޓު 2017

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
10 ޖެނުއަރީ 2017

ކުރާހާ ކަމަކަށް ސަނާ ނުކިޔޭނެ

10 ޖެނުއަރީ 2017
ކުރާހާ ކަމަކަށް ސަނާ ނުކިޔޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް