Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރުސީގެ ހިޔާނަތް

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގޮތުން ސުވާލުކުރުމުން އިއްޒަތްތެރިމެމްބަރުން ރުޅިިގަދަވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 02:43
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިވެހި ރައްޔިތުންގެ ހަޒާނާއިން އެތައް ބައިވަރު ފައިސާތަކެއް ބަޔަކު ވަގަށް ނަގައިފި އެވެ. އެ ފައިސާތަކަށްވީގޮތެއް އަކަކަށްވެސް އޮތީ ނޭނގިފަ އެވެ. އެ ވައްކަން ބަޔަކު ކުރާ މަސައްކަތުންކަމަށްވެސް ވެދާނެ އެވެ.

ޤައުމުގެ ވަލިއުލްއަމުރު އެ ވައްކަމުގެ ވާހަކަދައްކަވާ ކޮންމެ ފަހަރަކު މައާފަށް އެދިވަޑައިގަންނަވައެވެ. އެއީ ތިމަންމަނިކުފާނު ކުރެއްވި ކަމެއް ނޫންކަމާއި، ތިމަންމަނިކުފާނު ވަގަށް އެމްއެމްޕީއާރުސީގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއްވެސް ގެޔަށް ނުގެންދަވާކަމަށް ވިދާޅުވެ އެވެ. ރައްޔިތުންނަށް އެގޮތަށް ވިސްނައިދިނުމަށް ވަރަށް ބުރަ މަސައްކަތްޕުޅެއް އެމަނިކުފާނު ކުރައްވައެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ފޮޓޯ: ޓުވިޓަރ

އެމްއެމްޕީއާރުސީގެ ފައިސާތައް ބަޔަކު ވަގަށް ނެގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ، އެމްއެމްޕީއާރުސީގެ ފައިސާ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވުމަށް، ފައިސާގެ ގޯނި ހިއްޕަވައިގެން މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ އިއްޒަތްތެރި މެމްބަރުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާތަކުގެ ތެރޭގައި އިއްޒަތްތެރި މެމްބަރުންނަށް ލިބުނު ބޮޑެތި ފައިސާގެ ހަދިޔާތައް ހިމެނޭ ކަމަށެވެ.

އިއްތިފާޤުން ނަމަވެސް އެމްއެމްޕީއާރުސީގެ ތެރެއިން ރައްޔިތުންގެ އެތަށް ބިލިއަން ރުފިޔާއެއް ބަޔަކު ވަގަށް ނެގި ވަގުތު، ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެމްބަރުން ބޮޑެތި މިލިއަނަރުންނަށްވެއްޖެ އެވެ. ބައެއް އިއްޒަތްތެރި މެމްބަރުން މާލެއިން ބޮޑެތި ގޯތި ބައްލަވައިގަނެ، ބޮޑެތި ވިޔަފާރިތައް ފެއްޓެވި އެވެ. ރިސޯޓުތައް ތަރައްޤީކުރުމަށް ރަށްތައް ލިބިވަޑައިގެންފި އެވެ.

ބަޔަކު ވަގަށް ނެގީ ކުޑަ އަދަދަކަށް ނުވާތީ ރައްޔިތުން އެ ފައިސާއަށްވީ ކިހިނެއްތޯ އަބަދުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. އޭސީސީގެ ތަހުޤީޤަށްވެސް ދެ އަހަރަށްވާއިރު ނިންމާލެވިފައިނުވާތީ ރައްޔިތުން ތުހުމަތުގެ އިނގިލިތައް އެކި ފަރާތްތަކަށް ދިއްކުރެ އެވެ. އިއްޒަތްތެރި މެމްބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައާއެކު ކުއްލިގޮތަކަށް ބޮޑެތި މިލިއަނަރުންނަށް ވެގެންދަނީ ކިހިނެއްތޯ ރައްޔިތުން ސުވާލު އުފައްދަމުންގެންދެއެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ ވަރަށްވެސް އިއްޒަތްތެރި ބޭފުޅުންނަށް ވުމާއެކު، އެ މެމްބަރުން އެފަދަ ވައްކަމެއްގައި ބައިވެރިނުވާނެކަން ކަށަވަރުކޮށްދިނުމަށް ނޫސްވެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. އެ މެމްބަރުންގެ އިއްޒަތްތެރިކަމާއެކުގައެވެ. އެ މެމްބަރުންގެ އިއްޒަތާއި އަބުރަށް ހުތުރު ނަމެއް އަޔަނުދިނުމަށްޓަކައެވެ.

ނޫސްވެރިން އެގޮތުގެ މަތިން، އެކި ބައްދަލުވުންތަކުގައި އެ ވައްކަމުގެ ހަޤީޤަތް ހޯދުމަށް ސުވާލުކުރި ނަމަވެސް އެ އިއްޒަތްތެރި މެމްބަރުން ކަހާ އަތަން ހިރުވާވެސް ނުލައެވެ. ވާނީވެސް އެހެންނެވެ. ވައްކަމެއްކޮށްފަ، ނިކުމެ ތިމަންނަ މިއައީ ވައްކަން ކޮށްފައޭ އެއްވެސް މީހަކު ނުބުނާނެ އެވެ. މާފުކުރައްވާށެވެ. އެއްވެސް ހާލަތެއްގައި އިއްޒަތްތެރި މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާއާއި، ރިސޯޓުތަކުގައި ޖެހިވަޑައިގެންނެވިކަމަށް ބުނަނީއެއް ނޫނެއެވެ.

އެމްއެމްޕީއާރުސީގެ ވައްކަމަށް ދުވަސްތައް ފާއިތުވެގޮސް، ހޮނިހިރު ދުވަހު ގިނަ މިޑިއާތަކަކުން ވަގުތުން ދައްކަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުމެއްވޭތޯ ލައިވް ޓީވީގައިރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން މެމްބަރުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ. ފޮނި ވާހަކަތައް ދެއްކުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އިއްޒަތްތެރި މެމްބަރުން ދޮންބޮޑުވެއްޖެ އެވެ. ކިއއްވެކަމެއް ހަމައެއްގޮތަކަށްވެސް ނޭނގުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާއަށް ނިހާން ވަޑައިަގްނަވަނީ -- ފޮޓޯ: ރައްޖެ.އެމްވީ

ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫނު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފަޅުރަށްތަކޭ ބުނުމާއެކު، އިއްޒަތްތެރި މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވި އެވެ. އިއްޒަތްތެރި މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމައެކު، ޕީޖީ ލީޑަރު މަޑުމަޑުން ތިއްބެވުމަށް އިލްތިމާސްކުރެއްވި އެވެ.

"ތިޔަ ބޭފުޅުންނާ ދިމާލަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ. ދެން ތިޔާގެ ތެރެއިން މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް ރަށްތައް ލިބިފައި ހުރި ކަމަށް ތުހުމަތު މި ކުރެވެނީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ؟ ދެން މި ފާޑުކިޔުން އަމާޒްވެގެން މި އަންނަ ގޮތުގައި އޮންނަނީ ތިޔަ ބޭފުޅުން އެޅުވިފައި ތިބި ކަސްތޮޅަކީ އެއީ ކަމަށް ޔާމިން ފަހަތުގައި ތިބެން. އެ މަޖުބޫރީ ހާލަތު ކަމަށް ތިބޭފުޅުންނަށް އޮތީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ،" ރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކުރި އެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔާ އެ ސުވާލުކުރުމާއެކު، އިއްޒަތްތެރި ޕީޖީ ލީޑަރުގެ ރުޅިގަދަވެ، ފުރަތަމަވެސް ދެއްވީ އިންޒާރެކެވެ. ނިހާން ވިދާޅުވީ އަބަރުގެ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބާއެކުގައި ދެން ބައްދަލުކުރާނީ ކޯޓު ރޫމްގައިކަމަށް ވިދާޅުވެ އިންޒާރުދެއްވި އެވެ.

"އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދިމާލަށް ތިޔަ ވިދާޅުވި ބަސްތައް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން. އަޅުގަނޑުމެން ބަލާފައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މެދު ތިޔަ ވިދާޅުވީ ބަސްތައް އަޅުގަނޑުމެން ބަލާފައި ތިޔަ ވިދާޅުވި މަދު މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންނަށޭ. އެއީ ދޮގަކަށް ވެއްޖެ ނަމަ އަނބުރު ރައްކާތެރި ކުރުމުގެ ގާނުނަށް ތައްޔާރުވުމަށް އަޅުގަނޑު ޖަވާބެއްގެ ގޮތުގައި ދަންނަވަން،" ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ އެ މައްސަލާގައި ދެން ބައްދަލުކުރާނީ ކޯޓް ރޫމުން ކަމަށެވެ.

އިއްޒަތްތެރި މެމްބަރު، އެ ސުވާލާ ގުޅިގެން އެފަދަ އިންޒާރެއް ދިނީ ކީއްވެ ކަމެއް ނޭނގެ އެވެ. މައްސަލައަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ. ވަގުތަކީ ނޫސްވެރިންނަށް ސުވާލުކުރަން ދިން ފުރުސަތަކަށްވާއިރު، ސުވާލުކުރުމަކީ މައްސަލައަކަށް ނުވާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަނެއްކޮޅުން ނޫސްވެރިންނަކީ ސުވާލުކުރާނެ ބަޔެއްކަމާއި، ކޮންމެ ފަދަ ސުވާލެއްވެސް ކޮށްފާނެކަންވެސް އިއްޒަތްތެރި މެމްބަރުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. އެކަން އެގޮތަށް އޮތްއިރު، ކަމެއްގެ ހަޤީޤަތް ސާފުކުރުމަށްކުރި ސުވާލަކުން އެހާ ބޮޑަށް ރުޅިގަދަވެ، ވަގުތުން ދައުވާކުރައްވާނެކަމުގެ އިންޒާރު ދެއްވަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު އެވެ.

އެއްވެސް ހާލަތެއްގައި އިއްޒަތްތެރި އެއްވެސް މެމްބަރަކު ވައްކަމެއް އަދި ހިޔާނާތެއްގައި ބައިވެރިވެފައިވާކަމަކަށްވެސް އަޅުގަނޑެއް ނުބުނާނަމެވެ. އިއްޒަތްތެރި މެމްބަރުން އެފަދަ ކަމެއް ނުކުރައްވާނެ އެވެ. ނަމަވެސް ވައްކަމެއް، ނުވަތަ ހިޔާނަތެއްގައި ބައިވެރިވެފައި ހުންނަ މީހާކާ، އެކަމަކާ ގުޅޭ ގޮތުން ސުވާލުކޮށްފިނަމަ ރުޅިދަވާނެއޭ ހަރު މީހުން ބުނެ އެވެ.

އިއްޒތްތެރި ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ރޮލެކްސް އަތުކުރި ގަޑިޔާ، ދެންވެސް އެ ލިބިލައްވާ އިނާޔަތްތަކުގެ ވާހަކަދައްކާކަށް އަޅުގަނޑު ނެތީމެވެ. ކޮންމެއަކަސް ކުރިއަށްއޮތީ އެ އިއްޒަތްތެރި މެމްބަރުން، ރިސޯޓްތައް ލިބިވަޑައިނުގަންނަނާ ކަމާއި، މީހެއްގެ ކަސްތޮޅުގައި ނެތްކަމާއި، ވައްކަމެއް ނުކުރާކަން ސާބިތުވާނެ ފަހަރެވެ. މިފަހަރު ވޯޓުދެއްވާގޮތުން އެ މެމްބަރުންގެ މިނިވަންކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ވާހަކައާއެކު މި ސަރުކާރު ވާނީ ބަރަހަނާ

އެމްއެމްޕީއާރުސީގެ ވާހަކައާއެކު މި ސަރުކާރު ވާނީ ބަރަހަނާ

30 ޖުލައި 2024
އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

15 އޯގަސްޓު 2022
މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް: ހަމައެކަނި ހުސް ވާހަކަތަކަކަށް ވަނީބާ؟

މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް: ހަމައެކަނި ހުސް ވާހަކަތަކަކަށް ވަނީބާ؟

01 ޖެނުއަރީ 2022
މަސްއޫލުވެރިން ނިދާފައިތިބެގެން ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވާހަކަ ނުދައްކާށެވެ.

މަސްއޫލުވެރިން ނިދާފައިތިބެގެން ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވާހަކަ ނުދައްކާށެވެ.

26 ނޮވެމްބަރު 2021
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލިބިފައިވާ މެމްބަރުންގެ ނަން ހާމަނުކުރަނީ ކީއްވެކަން އެނގޭތޯ؟

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލިބިފައިވާ މެމްބަރުންގެ ނަން ހާމަނުކުރަނީ ކީއްވެކަން އެނގޭތޯ؟

05 ޖުލައި 2020

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު