Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖުޑިޝަރީ

ކުރާހާ ކަމަކަށް ސަނާ ނުކިޔޭނެ

މަގުބޫލު ލީޑަރުންގެ މައްޗަށް ވަނީ ދައުވާކޮށް ޖަލަށް ލާފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2017 | އަންގާރަ 17:32
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

މުސްކުޅިން ކިޔާތީ އަޑުއަހަމެވެ. ތިމާޔާ ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުވާށެވެ. މި ހަރުބަސް ދިވެހި ބަހުގެ ރަދީފްގައި ތަފްޞީލުކޮށްދީފައިވަނީ “ތިމާޔާ ނުބެހޭ ކަމެއް ބަޔަކު މީހުން ނުވަތަ މީހަކު ކުރަމުންދާއިރު އެކަމުން ކިތަންމެ ބޮޑު ގެއްލުމެއް ވަމުން ދިޔަޔަސް އެކަމާ ތިމާ ނުބެހުމަށް ނަސޭޙަތްތެރިވުމުގެ ގޮތުން ބުނެ އުޅޭ ބަހެއް” މިހެންނެވެ.

މިއީ އަޅުގަނޑަށް ވަރަށް ގިނައިން ލިބެމުންދާ ނަސޭޙަތެކެވެ. ސަރުކާރުގެ އިސްވެރިންނާ ގާނޫނުތަކުން ލިބިދޭ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުންން ދާއިރު އަދި ކޯޓްތަކުގެ ފަނޑިޔާރުން ޤާނޫނުގެ އިޖުރާއަތުން ބޭރުން ޝަރީޢަތައް ހިންގުމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރތަކުން ޤާނޫނު ހަދަމުން ގެންދިއުމަކީ އަޅުގަނޑާ ކޮން ބެހޭކަމެއް ހެއްޔެވެ. އެކަންކަމަށް ފާޑުކިޔައި، ބަޔަކު މީހުންގެ ނަފްރަތަށް ހުށަހެޅިގަންނާންވީ ކީއްވެގެންތޯ، ނަސޭޙަތްދޭ މީހުން ސުވާލުކުރެއެވެ.

ތިމާޔަށް ސީދާ ގޮތުގައި އަސަރު ނުކުރާ ކޮންމެކަމަކީ އެއީ ތިމާޔާ ނުބެހޭ ކަމެއްކަމުގައި ބެލުމަކީ ރަނގަޅު މާނަކުރުމެއްކަމަށް ނުފެނެއެވެ. ދީނީ ގޮތުން އެކަނި ބެލިކަމުގައި ވީނަމަވެސް، ކަމަކީ ތިމާޔާ ސީދާގޮތުން ނުބެހޭ ކަމެއް ނަމަވެސް އެއީ މުންކަރާތެއް ކަމުގައިވާނަމަ އެކަމެއް ނަހީކުރުމަށް ދީން އިރުޝާދުދެއެވެ.

މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.” މީގެ އިތުރުން ރަސޫލުގެ ހަދީޘް ކުރައްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “ތިޔަބައިމީހުންކުރެ މުންކަރާތެއް ފެނިއްޖެ މީހާ އޭނަގެ އަތުން އެކަން ބަދަލު ކުރާށެވެ! އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ އެމީހެއްގެ ދުލުން އެކަން މަނާކުރާށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ ހިތުން އެކަމާއި އިންކާރު ކުރާށެވެ. އެކަމާއި ނަފުރަތުވެ, އެކަމާއި ދުރުހެލިވާށެވެ. އެއީ އީމާންކަމުގެ އެއްމެ ޟަޢީފު މިންވަރެވެ.

ރާއްޖޭގައި މިވަގުތު މި އޮތް ސިޔާސީ ހަލަބޮލިކަން ފެށުނު ހިސާބަށް ވިސްނުން ގެންދަވާށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް އިން ކާމިޔާބު ކުރުމާ ގުޅިގެން އެމް.ޑީ.ޕީ އިން ފިޔަވަޅެއް ފަހަތަށް ޖެހިލައި، ވަނދު ގޮތަކަށް އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަމުން ގެންދިޔައެވެ. ނޫސް ބަޔާންތަކަކާއި، ޓްވީޓްތަކެވެ. އަނިޔާވެރިވުމަށް ސަރުކާރަށް ޖާގަލިބުނީ އަނިޔާވެރިކަން ހުއްޓުވާ ދޫތައް ހިމޭންވުމުން ކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ.

މިދެންނެވި ސިޔާސީ މާހައުލުގެ ތެރެއިން ހަގީގީ ސިފާފައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ފެށުނީ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ކާނަލް ނާޒިމް ހައްޔަރުކުރެވުމާ ގުޅިގެން އޭނާގެ ދިފާޢުގައެވެ. ސަރުކާރާ ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ ގޮވައިގެން އޭރު އެމް.ޑީ.ޕީ ގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ ބެހިވަޑައިގަތީ ކީއްވެގެންތޯ ވިސްނަވާށެވެ. ކާނަލް ނާޒިމު ޖަލުގައި ކިތަންމެ ދުވަހެއް ހޭދަކުރިޔަސް މިއިން ބޭފުޅަކަށް ކުރާނޭ ކުޑަވެސް އަސަރެއް ނެތެވެ. އެހެންނަމަވެސް، ކާނަލް ނާޒިމްއާމެދު އިންސާފުވެރިވުމަށް ގޮވާލައި ސިޔާސީ އިދިކޮޅު ހަރަކާތެއް އުފެއްދީ މިބޭފުޅުންގެ ހިތްވަރުންނެވެ.

ކާނަލް ނާޒިމް މިނިވަންކުރުމަށް ގޮވާލުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިން އުފުލައި، ދޫކޮށްލެވިފައި އޮތް ދަޢުވާއެއް އެއަށްވުރެ ނުރައްކާތެރި ސިފައެއްގައި އަލުން އުފުލައި، އެމަނިކުފާނު ޖަލަށް ލުމަށް ޙުކުމް ކުރެވުނެވެ.

ޝައިޚް އިމްރާން އަނިޔާވެރިކަމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅަކީ ޓެރަރިޒަމްގެ ޢަމަލެއްކަމަށްވެގެން އެމަނިކުފާނުވެސް ޖަލަށްލުމަށް ޙުކުމް ކުރެވުނެވެ. ޝައިޚް އިމްރާންއަކީ ސަރުކާރުގެ ރަސްމީ މަޤާމެއްގައި ހުރި ބޭފުޅެއް ނޫންނަމަވެސް ސަރުކާރުގެ ތެރޭގައި ނުފޫޒާއި ބާރު އޮތް ބޭފުޅެކެވެ. ކާނަލް ނާޒިމްގެ މައްސަލައިގައި އިދިކޮޅު ބަސް ވިދާޅުނުވެ ހުންނެވިނަމަ ސަރުކާރުން ޝައިޚް ވިދާޅުވާ ދުނިޔެވީ ކޮންމެ ކަމެެއް ފަހިކުރަމުން ދިޔައީސްކަން ކަށަވަރެވެ. އެހެންނަމަވެސް ޝައިޚް އިޚްތިޔާރުކުރެއްވީ ނުޙައްޤުން އަދަބު ލިބުނު ނަމަވެސް ގޯސްކަންތައް ގޯހޭ ފާޅުގައި ވިދާޅުވުމަށެވެ. ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައެވެ.

ކޮންމެއަކަސް ނުބެހޭ ކަންތައްތަކާ ބެހިގެން އެކަމުގެ ގެއްލުން ތަޙައްމަލުކުރަމުންދާ މިކަހަލަ ކިތަންމެ ޝަޚްސިއްޔަތުތަކެއް މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެބައުޅެވެ. ސަރުކާރާ އިދިކޮޅު ފިކުރުގެ ޢާއިލާއަކަށް ނިސްބަތްވީތީ ވަޒީފާ ނުލިބިފައިތިބި މީހުންނާއި، އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕޭނަށް ޚަރަދުކުރީތީ ސަރުކާރުގެ ތެރެއިން ޕްރޮޖެކްޓް ނުލިބޭ މީހުންނާއި، އިސްލާޙްކުރުމުގައި ނިޔަތުގައި ފާޑުކީތީ ފިއްތާލެވިފައި ނުވަތަ ދަޢުވާ އުފުލިފައިވާ ނޫސްވެރިންނާ، ޖުޑިޝަރީއާ ދެކޮޅަށް ވާހަކަ ދައްކާތީ ކޯޓުތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ކުރިމަތީލާންޖެހޭ ވަކީލުންނެވެ. މިއެންމެންނަކީވެސް ނުބެހޭ ކަންތައްތަކާ ބެހިގެން ގެއްލުން ތަޙައްމަލުކުރަމުން ގެންދާ މީހުންނެވެ. އެއީ މިއަދުގެ ހަގީގަތެވެ.

ކަންމިހެންހުރިއިރު، އަޅާފާނޭ ފިޔަވަޅަކަށް ނުވަތަ ނަތީޖާއަށް ވިސްނައި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ފެންނަ އިސްލާޙްކުރަންޖެހޭ ކަންކަމާއި، ފާޅުގައި ހިންގަމުން ގެންދާ ޖަރީމާތަކާމެދު އެއްޗެއް ނުބުނެ ހިމޭނުން ހުންނާނޭ މީހަކަށް އަޅުގަނޑެއް ނުވާނަމެވެ. ކުރުކޮށް ދަންނަވާނަމަ؛ “ޙުކުމެއް ކޮށްފާނޭކަމުގެ ބިރަށް ސަނާކިޔާނީ ކިހިނަކުން ހެއްޔެވެ. އެފަދަ މީހަކަށް ވާކަށް އަޅުގަނޑުގެ ޒަމީރު ތަނެއް ނުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްކިތު ޕްރޮޖެކްޓުންވެސް ހިޔާނަތް، ދެން ހިޔާނަތް ނުވާނީ ކޮންް ކަމަކަށް؟

މިސްކިތު ޕްރޮޖެކްޓުންވެސް ހިޔާނަތް، ދެން ހިޔާނަތް ނުވާނީ ކޮންް ކަމަކަށް؟

18 ސެޕްޓެމްބަރު 2020
ޒައިނާ ޖަލްސާގެ ގޮނޑިޖެހިއިރު، މަރީ ސަރުކާރަށް ސަނާކިޔާ ހަފްލާތައް ހުށަހެޅުމުގައި، ތަފާތެއް ނެތް!

ޒައިނާ ޖަލްސާގެ ގޮނޑިޖެހިއިރު، މަރީ ސަރުކާރަށް ސަނާކިޔާ ހަފްލާތައް ހުށަހެޅުމުގައި، ތަފާތެއް ނެތް!

18 ޑިސެމްބަރު 2019
ޤާނޫނީ ހުސްކަމަކަށް – ދެނެހުރި އެކަކުވެސް ނެތް

ޤާނޫނީ ހުސްކަމަކަށް – ދެނެހުރި އެކަކުވެސް ނެތް

28 އޯގަސްޓު 2019
ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

11 މެއި 2019
ޕާޓީ ބަދަލުކުރިޔަސް، ކުރި ކަންތައް ނުކުރާ ކަމަކަށް ނުވާނެ

ޕާޓީ ބަދަލުކުރިޔަސް، ކުރި ކަންތައް ނުކުރާ ކަމަކަށް ނުވާނެ

16 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު