Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ސިޔާސީ މަސްރަހު

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރުނެތް ކަމަށް ފާސްކޮށްފި

ބޮޑުވަޒީރަކު އައްޔަން ކުރުމުގެ ބާރު ލިބިވަޑައިގަންނަވާނީ ރައީސްއަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2018 | ބުދަ 13:44
މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އެ މަގާމަށް އައްޔަން ކުރެއްވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ރާޖަ ޕަކްސަ ބޮޑުވަޒީރުކަމުން ވަކިކުރެވިފައި މި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާ ނުލެވެލޭނެ ކަމަށް ކަނޑައަޅައި އަވަސް އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ހުއްޓާލުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރުކުރުމާ އެކުއެވެ.

ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ގެންދެވީ އެކަން ޤަބޫލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވެސް ވަނީ ބޮޑުވަޒީރަކީ ރަނިލް ކަމަށާއި މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރަނިލްގެ ކޯލިޝަނަށް ކަމަށް ވިދާޅުވަމުންނެވެ.

މައިތިރިޕާލާ ސިރިސޭނާ ސްރީލަންކާގެ ގާނޫނު އަސާސީއާ ހިލާފަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވާފައި ވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 12އިން ފެށިގެންނެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން އަޣުލަބިއްޔަތު މެމްބަރުން ރާޖަޕަކްސައާ ދެކޮޅަށް ވޯޓް ދެއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ.

އިތުބާރުނެތްކަމުގެ ވޯޓްނެގިވަގުތު ކުރީގެ ރައީސް އަދި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ރާޖަޕަކްސައާއި އެމަނިކުފާނުގެ ދަރިކަލުން ނަމަލް ރާޖަޕަކްސަވަނީ ޗެމްބަރުން ނުކުމެވަޑައިގެންފައެވެ.

މީގެ އިތުރުން ރާޖަޕްކަސައަށް ވަފާތެރި މެމްބަރުންވަނީ ހަމެނުޖެހުން އުފައްދައި ވޯޓަށް ހުރަސް އެޅުމަށް މަސައްކަތްކުރައްވާފައެވެ.

މަޖިލީހުގެ ވޯޓުން މި ނަތީޖާ ނުކުތްނަމަވެސް އޭގެ މާނައަކީ އަޣުލަބިއްޔަތު އޮތީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށްކަމަކަށް ނޫނެވެ.

އައު ބޮޑުވަޒީރަކު އައްޔަން ކުރެއްވުމުގެ ބާރު ރައީސް މައިތިރިޕާލާ ސިރިސެނާއަށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު