Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމީ ދާއިރާ

ރާއްޖެގެ ފުރަތަމަ ވެބް ސީރީޒް 'ހުވާ' ގެ ޓްރެއިލާ ދައްކާލައިފި

13 ނޮވެމްބަރު 2018 | އަންގާރަ 16:25

މި ވެބް ސީރީޒް ބައިސްކޯފް އެޕުން ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ނޮވެމްބަރު 2018 | އަންގާރަ 16:25
\'ހުވާ\' ގެ ފޯސްޓަރު

\'ހުވާ\' ގެ ފޯސްޓަރު

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ފާތުމަތު ނަހުލާ އުފައްދާ މި ވެބް ސީރީޒްގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާފައި ވަނީ އެ ސީރީޒް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މޮބައިލް އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗް ކުރުމަށް ހޯމަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާއެއްގައެވެ.

ބައިސްކޯފް އެޕުން މި ވެބް ސީރީޒް ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

ނަހުލާ ބުނި ގޮތުގައި "ހުވާ" އަކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެބް ސީރީޒްތަކެއް ހަދަން ވިސްނަމުން ދަނިކޮށް، އޭނާ އަށް ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށާއި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދުމުގެ ޝަރަފު ތަނަވަސް ކޮށްދިން "ބައިސްކޯފް" ސީއީއޯ މިރުސާދު ނާސިރު (މިރޫ) އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އެޕް ލޯންޗް ކުރެވުމުން މުޅި ފިލްމް އިންޑަސްޓްރީ އެތައް ދަރަޖަ އެއް މައްޗަށް އަރައިގެން ގޮސްފި ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

"ހުވާ" ގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި މިއީ ހުރިހާ ރަހައެއް ވެސް ހެޔޮވަރުކޮށް ހަދާފައިވާ މަސާލާގަނޑެއް ކަމަށް ނަހުލާ ބުންޏެވެ.

ރާއްޖޭގެ ވަރަށް ގިނަ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ނަހުލާގެ ވާހަކަ އަކަށް ހަދާފައިވާ މި ވެބް ސީރީސް ޑައިރެކްޓް ކޮށްފައި ވަނީ ނަހުލާ އާއި މުހައްމަދު ފައިސަލްއެވެ.

"ހުވާ" ކާސްޓުންގެ ތެރޭގައި ހިމެނެނީ ފައިސަލް، ޝީލާ ނަޖީބް، ޔޫސުފު ޝަފީއު (ޔޫއްޕެ)، އާމިނަތު ރިޝްފާ، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، ރަވީ ފާރޫގް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮންއައްޔަ) ، އިރުފާނާ އިބުރާހީމް (އިރޫ) ، އަހުމަދު އީސަ (އާނަންދު) ، ނާޝިދާ މުހައްމަދު (ނާއްކޮ)، އާރިފާ އިބްރާހީމް އަދި ހަސަން މަނިކު (ރޯނު) އެވެ.

"ބައިސްކޯފު" އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާ އަށް އިންގިލާބެއް ގެނެސްދޭނެ އެޕެއް ކަމަށް ބެލެވެއެވެ. މި އެޕް މިހާރު އެޕަލް އާއި ގޫގުލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް