Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސްރީދޭވީ އެނބުރި އައުން

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ފިލްމްގެ މަސައްކަތް ދިގުލައިގެން ދިޔައީ ޕާކިސްތާނުގެ އެކްޓަރުން ބަދަލުކުރަން ޖެހުމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 12:57
ޖުލައި މަހު ރިލީޒްކުރުމަށް ހަމަޖައްސާފައިވާ ސްރީދޭވީގެ ފިލްމް "މަމް" ގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ދެ ތަރިންނާ އެކު

ޖުލައި މަހު ރިލީޒްކުރުމަށް ހަމަޖައްސާފައިވާ ސްރީދޭވީގެ ފިލްމް "މަމް" ގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ދެ ތަރިންނާ އެކު

މީގެ އަހަރުތަކެއް ކުރިން ބޮލީވޫޑްގައި ރަނިކަން ކުރި ސްރީދޭވީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ސިނަމާ އަށް އަލުން އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.

އެގާރަ އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށް ފަހު 2012 ވަނަ އަހަރު ސްރީދޭވީ އެނބުރި އައި "އިންގްލިޝް ވިންގްލިޝް" އަށް ގިނަ ބައެއް ތައުރީފް އޮހިގެން ގޮސްފައިވާ އިރު އާ ފިލްމް "މަމް"ގައި ވެސް އޭނާ ފެނިގެންދާނީ އެފަދަ ވަރުގަދަ ރޯލަކުންނެވެ. "އިގްލިޝް ވިންގްލިޝް"ގައި އޭނާ އަދާކުރި މަންމަގެ ރޯލަށް ގިނަ ބައެއް ތައުރީފާއި އެވޯޑްތައް ލިބިގެން ގޮސްފައި ވެއެވެ.

ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ "މަމް"އަކީ ރަވީ އުދިއަވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމްގެ ފުރަތަމަ ޕޯސްޓްރު ސްރީދޭވީ ވަނީ އޭނާގެ ފޭސްބޫކްގައި ޝެއާކޮށްފައެވެ. މިއީ ކޮންކަހަލަ ފިލްމެއް ކަން މިހާތަނަށް ހާމަކޮށްފައި ނުވާ އިރު ފިލްމްގެ ވާހަކަ ވެސް ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. މި ފިލްމުގެ މަންޒަރުތަކެއް ޖޯޖިއާގައި ވެސް ނަގާފައި ވެއެވެ. ފިލްމްގައި ސްރީދޭވީއާ އެކު ފެނިގެންދާނީ އަކްޝަޔާ ކަންނާ އާއި އަބީމަނިއު ސިންގްއެވެ. ނަވާޒުއްދީން ސިއްދީގީ ވެސް ހާއްސަ ފެނިލިމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއްވީ ނަމަވެސް ދިގުލައިގެން ގޮސްފައި ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެއެވެ. އެ ގޮތުން ޕާކިސްތާނުގެ އެކްޓަރުން ބޮލީވޫޑްގެ ފިލްމްތަކުގައި މަސައްކަތްކުރުން މަނާކުރުމާ ގުޅިގެން ވެސް ފިލްމްގެ މަސައްކަތް ހުއްޓުނެވެ. މި ފިލްމް ފެށި އިރު ޕާކިސްތާނުގެ ދެތަރިއަކު ފިލްމްގައި ހަރަކާތްތެރިވިއެވެ. އެ ގޮތުން ސްރީދޭވީގެ ފިރިމީހާގެ ރޯލު ކުޅެމުންދިޔައީ އަދުނާނު ސިއްދީގީއެވެ. އަންހެން ދަރިފުޅު ސަޖަލް އަލީއަކީ ވެސް ޕާކިސްތާނުގެ ތަރިއެކެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި

"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި

23 ޖޫން 2017
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

29 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު