Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިސް ވޯލްޑް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ޖަސްޓީން ބުނީ އޭނާގެ ރީތިކަމަށް އިންސާފުކުރަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 14:30
މިސް ވޯލްޑް އޮސްޓްރޭލިއާ މުބާރާތުގައި ވާދަކުރި ޖަސްޓީން ކްލާކް

މިސް ވޯލްޑް އޮސްޓްރޭލިއާ މުބާރާތުގައި ވާދަކުރި ޖަސްޓީން ކްލާކް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފިއެވެ.

މި ފުރުސަތު ލިބިގެން ގޮސްފައި ވަނީ މިސް ވޯލްޑްގައި އޮސްޓްރޭލިޔާ ތަމްސީލުކުރާ ފަރާތެއް ހޮވުމަށް ބޭއްވި މިސް ވޯލްޑް އޮސްޓްރޭލިއާ މުބާރާތުގައެވެ. މި ފުރުސަތު ދީފައި ވަނީ މީގެ ދެ އަހަރެއް ކުރިން ހިނގި ހާދިސާއެއްގައި ހިނގުމަށް ނުކުޅެދިފައިވާ އުމުރުން 26 އަހަރުގެ ޖަސްޓީން ކްލާކަށެވެ. އަޑްލެއިޑް އިން އޭނާ ވާދަކުރީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

"ބިއުޓީ ވިތު އަ ޕާޕަސް"ގެ ޝިއާރާ އެކު މިހާރު ވެސް ގިނަ ކެމްޕެއިންތަކެއް ހިންގާ ޖަސްޓީން ބުނީ އޭނާ އަށް ފުރުސަތު ދިނުމުން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރީތި ކަމަކީ ހަމައެކަނި ވަކި ބައްޓަމަކަށް ނުވަތަ ވަކި ނަސްލަކަށް ނުވަތަ ވަކި ކުލައަކަށް ހާއްސަ ކަމެއް ނޫން ކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި ރީތީގެ ރާނީން ހޮވުމުގެ ޕްލެޓްފޯމަކީ އެންމެންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް ތަނަކަށް ވާންޖެހޭ ކަމަށެވެ.

ޖަސްޓީން ބުނީ އޭނާގެ ރީތިކަމަށް އިންސާފުކުރަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ފުރޮޅީ ގޮނޑިއެއްގައި އިންނަންޖެހުނަސް އޭނާއަކީ ވެސް ވަރުގަދަ، އަންހެންވަންތަ އަދި ރީތި މީހަކަށް ވެދާނެ ކަމަށެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އޭނާ އިންނަންޖެހުނު ސަބަބާ ބެހޭ ގޮތުން މީގެ ކުރިން ވެސް މީޑިއާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް އޭނާ ސީދާ ޖަވާބެއް ނުދެއެވެ. ވުމާއެކު އެ ހާދިސާއާ ގުޅޭ ގޮތުން ތަފްސީލެއް އެނގިފައެއް ނުވެއެވެ.

ޖަސްޓީން ބުނީ އެ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށާއި އެއީ އުޒުރެއް ކަމަށް ބަލައިގެން ހަމްދަރުދީ ހޯދައި ދިރިއުޅުން ހުއްޓިފައި އޮންނަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވަނީ އަންހެނުންނަށް ހިތްވަރު ދިނުމަށް ކަމަށާއި ބޭނުން ވަނީ އަންހެނުން ބާރުވެރިކުރުވާ ރޯލް މޮޑެލްއަކަށް ވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މިސް ވޯލްޑްގެ ނޭޝަނަލް ޑިރެކްޓަރު ޑެބޯރާ މިލާ ވިދާޅުވީ ޖަސްޓީންގެ ބަރިވެރިވުމުން "ރީތިކަން އެކި ސިފައިގަ ހުންނަކަން" ހާމަވެގެން ހިނގައްޖެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެއެވެ. ފައިނަލަށް ހޮވިފައި ވަނީ އައިޝާ ސްޓޯކާ އާއި ސޯފީ ލުޑްބްރޮކްއެވެ.

ޖަސްޓީން ބުނީ މުބާރާތް ކާމިޔާބު ނުވުމުން ދެރަނުވާ ކަމަށާއި އެހެން ބައިވެރިންނާ އެކު ސްޓޭޖްމަތީގައި ކެޓްވޯކްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ހިތްވަރު އާވެއްޖެ ކަމަށެވެ. އޭނާ ގެންދަނީ "ވެރައިޓީ، ދި ޗިލްޑްރެންސް ޗެރިޓީ" ނަމަކަށް ކިޔާ ޖަމާއަތަކާ އެކު މަސައްކަތްކުރަމުންނެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު