Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވައި، އުއްމީދު އާ ކޮށްދެއްވައިފި

10 ނޮވެމްބަރު 2018 | ހޮނިހިރު 16:14

ރައީސް ނަޝީދު ފްލެޓްތަކަށް ޒިޔާރަތްކުރެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ނޮވެމްބަރު 2018 | ހޮނިހިރު 16:14
ދިއްދޫގެ ފްލެޓްގައި ދިރިއުޅެމުންދާ މީހަކާ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ

ދިއްދޫގެ ފްލެޓްގައި ދިރިއުޅެމުންދާ މީހަކާ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެންމެ ގާތުން ބައްލަވާ ލައްވައިފިއެވެ.

ދިއްދޫގައި ތިބި ނަޝީދުގެ ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އެމަނިކުފާނު ހުކުރު ދުވަހު ދިއްދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ރައީސް ނަޝީދު ދިއްދޫ ދާއިރާގެ އެމްޑީޕީގެ އޮފީސް ހުޅުވައި ދެއްވުމަށްފަހު އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ވަނީ އޮޅުން ފިލުއްވާފައެވެ. އެގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަން ހުށައެޅުމަށް އެމަނިކުފާނު ފުރުސަތު ހުޅުވާލެއްވިއެވެ.

ރައީސް ނަޝީދު ދިއްދޫގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް އެސަރައްދަށް ވަޑައިގަންނަވަނީ:-

ބައެއް މީހުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ދިއްދޫގައި މިހާރު އަޅާފައިހުރި ފްލެޓްތައް ބޭއިންސާފުން ދީފައި ހުރި ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބިފައި ތިބި މީހުންގެ އަތުން އެ ފުލެޓް އަތުލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ދެން އޮތް ގޮތަކީ އަލުން އެރަށުގައި ފްލެޓް އެޅުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ދިއްދޫގައި ހުރި ހޮސްޕިޓަލްގެ ފެންވަރު ދަށްކަމުގެ ވާހަކަ ދެންނެވުމުން ރައީސް ނަޝީދު ވަނީ އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ފެށޭ އާ ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ހަމައެހެންމެ ދިއްދޫގައި އެއާޕޯޓެއް އެޅުވުމަށް އެދޭ ކަމަށް އާންމު މީހަކު ބުނުމުން ރައީސް ނަޝީދު ވަނީ އެކަމާ މެދު ދެކިވަޑައިގަންނަވާ ގޮތް ވެސް ހިއްސާ ކުރައްވާފައެވެ. އަދި ދިއްދޫގައި އެއާޕޯޓެއް ބޭނުންވަނީ ހދ. ހަނިމާދޫ އަށް ދިއްދޫން ދާންޖެހޭ އަގު ބޮޑުވުން ކަމަށާއި އެކަމަށް ހައްލު ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ އޮފީހުގައި ރައީސް ނަޝީދު އާންމުންނާ ބައްދަލު ކުރައްވަނީ:-

ރައީސް ނަޝީދު އާންމުންގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު ދެން ވަޑައިގެންނެވީ އެރަށުގެ ކައުންސިލާ ބައްދަލު ކުރެއްވުމަށެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލް އިދާރާގައި އެމަނިކުފާނު ވަނީ ކައުންސިލާ ބައްދަލު ކުރައްވައި ކައުންސިލަރުންގެ ކިބައިން ވެސް ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ދެން އެމަނިކުފާނު ވަޑައިގެންނެވީ އެރަށުގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތު ބައްލަވާ ލެއްވުމަށެވެ. އަދި އެތަންތަނުގައި ދިރިއުޅޭ މީހުންގެ ގާތަށް ވަޑައިގެން ދިރިއުޅުއްވުމުގެ ހާލަތު އޮޅުންފިލުއްވިއެވެ.

ދިއްދޫގެ ގޮނޑުދޮށް ސަރައްދު ރައީސް ނަޝީދު ބައްލަވާލައްވަނީ:-

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ މުހިންމު ސަރައްދުތަކަށް ވެސް ވަޑައިގެންފައެވެ. އަދި ރަށުގައި ތިބި ދުވަސްވީ ބައެއް މީހުންގެ ގާތަށް ވަޑައިގެން އެރަށުގެ ކަންކަން އޮޅުންފިލުއްވިއެވެ. ރައީސް ނަޝީދު ދިއްދޫ އަށް ވަޑައިގަތުމުން އެރަށުގެ ވިޔަފާރިވެރިން ވަނީ އެމަނިކުފާނުގެ ޝަރަފުގައި ހާއްސަ ޖާފަތެއް އަރުވާފައެވެ. އަދި އެ ރަށުގެ އަންހެންވެރިންގެ ފަރާތުން ހާއްސަ ފިލައެއް އެމަނިކުފާނަށް އެރުވިއިރު ދިއްދޫ ދާއިރާގެ ފަރާތުން ވެސް އެމަނިކުފާނަށް ހާއްސަ ފިލައެއް އަރުވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުން މީހުންގެ ކަންބޮޑުވުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މެދުވެރި އެއް ނެތި ހުށައެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެކަންކަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް