Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ދުވަސް

ގައުމީ ދުވަހުގެ ތަހުނިޔާ އިންތިޚާބީ ރައީސް އާއި ދިވެހި ރައްޔިތުންނަށް ރައީސް މައުމޫން ފޮނުއްވައިފި

9 ނޮވެމްބަރު 2018 | ހުކުރު 10:25

މިއަހަރަކީ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 ނޮވެމްބަރު 2018 | ހުކުރު 10:25
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ދިވެހިރާއްޖެގެ ފަހުރުވެރި ގައުމީ ދުވަހުގެ މުނަސާބަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙު އާއި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވާފައިވާ ބަޔާނުގައި ވަނީ ދިވެހި ގައުމު މިއަދު ފާހަގަކުރަމުން މިދަނީ ހިޖުރީ ގޮތުން މީގެ 359 އަހަރު ކުރިން 1 ރަބީއުލްއައްވަލް 981 ވިލޭރޭ އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާއްދީތަ މަހާރަދުން، އެރަދުންގެ އެކުވެރިން ކޮޅަކާ އެކު މާލެ އަރާވަޑައިގެން އޭރު ރާއްޖެ އިސްތިޢުމާރު ކޮށްގެން ތިބި ޕޯޗުގީޒުންނާއި ހަނގުރާމަކުރައްވައި ފަތަހަ ހޯއްދެވި ތާރީޚީ ހާދިސާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމާތް ރަދުންނަށާއި އެރަދުންގެ އަރިހުގައި ދިވެހިރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށްޓަކައި ހަނގުރާމަ ކުރެއްވި އެންމެހާ ދިވެހި އަބްތާލުންގެ ޒިކްރާ އާކޮށް އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ހަޒްރަތުގައި ދުޢާ ދަންނަވާ ކަމަށް ބަޔާނުގައި ވެއެވެ.

ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހަކީ ދިވެހިރާޢްޖޭގެ ގައުމީ ދުވަސް ކަމުގައި އޭރު ދައުލަތް ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނޭ ކިލެގެފާނު ކަނޑައަޅުއްވާފައި ވަނީ ހިޖުރީ ގޮތުން 1365 ވަނަ އަހަރު ކަމަށް ވުމާ އެކު ރާއްޖޭގައި ގައުމީ ދުވަހެއް ފާހަގަކުރަން ފެށުނު ފަހުން މިއަހަރަކީ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް އަހަރު ކަމުގައި ވާތީ މި އަހަރު މުހިންމު ވެގެންދާ ކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ދުވަހެއް ފާހަގަ ކުރެވިގެން ދިޔައީ މީލާދީ ގޮތުން 4 ފެބްރުއަރީ 1946 ކަމަށް ވީއިރު އެ ތާރީޚަކީ މިސަރަހައްދުގެ އެހެން ގައުމުތަކަށް މިނިވަންކަން ލިބި އެގަމުތަކުގައި ގައުމީ ދުވަސް ނުވަތަ މިނިވަން ދުވަސް ފާހަގަ ކުރަން ފެށުމުގެ ކުރީގެ ތާރީޚެއް ކަމަށް ބަޔާނުގައި ވެއެވެ.

"މި ފަޚުރުވެރި އަދި ތާރީޚީ މުނާސަބަތުގައި އަޅުގަނޑުގެ ދުޢާއަކީ ދިވެހިންނަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ގައުމިއްޔަތުގެ ރުކުންތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ އަޒުމާއި ހިތްވަރު ލިބިގެންވާ ބައެއް ކަމުގައި މާތް ﷲ ލެއްވުން" ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް