Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 ބާއްވައިފި

5 ނޮވެމްބަރު 2018 | ހޯމަ 14:27

މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ނޮވެމްބަރު 2018 | ހޯމަ 14:27
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 ބާއްވައިފިއެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް ކަމަށްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ބާއްވާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު ހެންވޭރު ދަނޑުގައެވެ.

Advertisement - newsAdvertisement

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލްއެވެ.

ދިރާގުން 2011 ވަނަ އަހަރުން ފެށިގެން މިކުޅިވަރު ފެސްޓިވަލް ބާއްވަމުން އަންނަ އިރު، މިއީ މި ފެސްޓިވަލް ބޭއްވި އަށް ވަނަ ފަހަރެއެވެ.

މި އަހަރުގެ ދިރާގު ސްޕޯޓްސް ފެސްޓިވަލްގައި 390 ކުދިން ވަނީ ބައިވެރިވެފައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ދިރާގުން މި ބޭއްވި ސްޕޯޓްސް ފެސްޓިވަލަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ މުހިންމު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ދިރާގުން ބުނީ މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެއެވެ.

ދިރާގުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލް ގެ އެންމެ ބޮޑު މަގްސަދު ކަމަށެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ސްކޫލްތަކާއި އެންޖިއޯތަކަށް ހުޅުވާލައިގެން ބޭއްވި މި ފެސްޓިވަލްގައި 4 އެންޖިއޯ އަދި 11 ސްކޫލެއް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވާ އެންޖިއޯތަކަކީ މޯލްޑިވްސްއެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް،ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން،ކެއާ ސޮސައިޓީއާއި،މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލްތަކުގެ ތެރެއިން މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ އަމީރު އަހްމަދު ސްކޫލް،އިމާދުއްދީން ސްކޫލް، ރެހެންދި ސްކޫލް، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަރނޭޝަނަލް،ކެންގަރޫ ކިޑްސް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.

މި އަހަރުގެ ސްޕޯޓްސް ފެސްޓިވަލްގައި ވާދަވެރި ދުވުމުގެ މުބާރާތެއް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާފައިވާއިރު، މި މުބާރާތުގައި 4 ކެޓަގަރީއަކުން ދަރިވަރުންވަނީ ވާދަކޮށްފައެވެ. އެގޮތުން 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ،12އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީގައި ކުދިން ވަނީ ވާދަކޮށްފައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

މީގެ އިތުރުން މި ފަހަރުގެ ސްޕޯޓްސް ފެސްޓިވަލްގައި ޕެރަލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޗިއާ" ވަނީ ތައާރަފްކޮށްފައެވެ. މިއީ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެކެއެވެ. މި ފެސްޓިވަލްގައި ބޯލްރޯލިން، އޮބްސްޓަކަލް ރިލޭ،ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތަށް ވަނީ ފެނިގެން ގޮސްފައެވެ.

މި ކުޅިވަރު ހަރަކާތުގެ ބޭނުމަކީ މުޖްތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ދިރާގުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖޫން 2017

ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި

23 ޖޫން 2017
ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި
23 ޖޫން 2017

ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް

23 ޖޫން 2017
ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް
20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
02 ޖޫން 2017

ދިރާގު ޓީވީގެ ހިދުމަތުގައި ރާއްޖެ ޓީވީ އަލުން ހިމަނައިފި

02 ޖޫން 2017
ދިރާގު ޓީވީގެ ހިދުމަތުގައި ރާއްޖެ ޓީވީ އަލުން ހިމަނައިފި
22 މެއި 2017

ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު

22 މެއި 2017
ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު
18 މެއި 2017

ދިރާގު ޓީވީގެ ހިދުމަތުން ރާއްޖެ ޓީވީ ނެގުމަށް އެދެފި

18 މެއި 2017
ދިރާގު ޓީވީގެ ހިދުމަތުން ރާއްޖެ ޓީވީ ނެގުމަށް އެދެފި
15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
11 މެއި 2017

ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

11 މެއި 2017
ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް