Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން 2018

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

ސަރުކާރެއް ނުވެއްޓޭނެ، ބަދަލެއްވެސް ނުކުރެވޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މެއި 2017 | ހޯމަ 03:41
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

ރައީސް ޔާމީން 2018 އަށް ހޮވިއްޖެކަމަށާއި، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ނާކާމީޔާބީއަށް ފަހު، ޕީޕީއެމް އެމްޑީއޭއިން ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ފަށާފައިވާ ޖަލްސާތަކުގައި، އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިސަރުކާރު ދެން ނުވެއްޓޭނެ ކަމަށާއި މިސަރުކާރު ބަދަލުވެސް ނުކުރެވޭނެ ކަމަށެވެ.

"މިސަރުކާރު ނުވެސް ވެއްޓޭނެއޭ މިސަރުކާރެއް ބަދަލެއް ވެސް ނުކުރެވޭނެއޭ. މި ސަރުކާރުގެ ހުރި އެއްވެސް ވަޒީރަކު ވެސް ލާހިކައެއް ނޫނޭ ބަދަލުކުރާކަށް. އިރާދަކުރެއްވިއްޔާ," ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަކަމުގެ އަޑުތައް ފެތުރިފައިވާއިރު އެކަމަށް ރައްދު ދެއްވައި މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ހޮއްވެވީ، ރާއްޖެއަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރުމުގެ އުއްމީދުގައެވެ. އަދި އެކަން އެމަނިކުފާނު ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް ޔާމީން ގެންނަވާފައިވާ ބަދަލުތައްކަމަށް ވިދާޅުވެ އަލީ މައުރޫފް ވިދާޅުވީ، ފާއިތުވި 800 އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ތައުލީމަށް އައިސްފައި ނުވާ ހެޔޮ ބަދަލު ރައީސް ޔާމީނުގެ 3 އަހަރުގައި ގެނެސްދެއްވާފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި، ތައުލީމީ ނިޒާމު ކުރިއަރުވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ މަގުމަތީގައި އުޅޭނެ ކުދިން ގިނަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ މައުރޫފް ވިދާޅުވީ ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލިކަމުގައި ވީނަމަވެސް ރައީސް ޔާމީނަށް ލިބިގެންދާނީ

އޭ" ރިޕޯޓެއްކަމަށެވެ. "

އަލީ މައުރޫފް ވިދާޅުވިގޮތުގައި މި ނަތީޖާއާއި އެކު ރައީސް ޔާމީން ވަނީ 2018އަށް ހޮވިފައިކަމަށެވެ. އަދި އެކަމަކަށް ދެން ކުރާނެ މަސައްކަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު