Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުމްހޫރީ ޕާޓީ

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

އަގު ހުންނަންވާނީ ދިއްކޮށްލާ ނޫޓުގައެއް ނޫން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 20 މާރިޗު 2017 | ހޯމަ 01:41
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަންފުޅު ބާއްވާނެ ކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިއުލާނުކުރުމަށް އާދީއްތަ ދުވަހުގެ ރޭ، އެ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި، ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވީ މި ޖަލްސާއަކީ ހަމައެކަނި ލޯކަލް ކައުންސިލްގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުންނަ ޖަލްސާއެއް ނޫން ކަމަށާއި "މިރެއަކީ ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީ އަކީ އެންމެ ކުރީގައި އޮންނަ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ފެށި ރޭ" ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަމޭ، ގާނޫނު އަސާސީ ބަދަލުކޮށް 2018 ގެ ޓިކެޓްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހިމްގެ ނަން ހިމެނުމަށް،" އޭނާ ވިދާޅުވި އެވެ.

އިމުރުން 65 އަހަރުން މަތީ ބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާސިމް އަށް ވަނީ ގެއްލިފަ އެވެ. މިއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ފަހިކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވާނެ ކަމަށާއި އަދި ގާނޫނު އަސާސީ ބަދަލުކުރަން މަޖިލީހަށް ހުށަހަޅުއްވައި، އަދި ކޯޓުތަކަށް ވެސް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މިކަން ކާމިޔާބު ކުރެވޭނެ ކަން، މިހާރު ކަންކަން ވަމުންދާ ގޮތުން އެނގޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީއެއް އޭނާ ނުދެއްވަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމުގެ ވޯޓަށް އިޝާރަތް ކުރައްވައި ރިޔާޒު ވިދާޅުވީ މި ދުވަސްވަރު، ބައިވަރު ހުށަހެޅުންތަކާއި ފައިސާ ވެސް ހުށަހަޅާނެ ކަމަށާއި، ނަމަވެސް އަގު ހުންނަންވާނީ ދިއްކޮށްލާ ނޫޓުގައި ނޫން ކަމަށެވެ. އަގު ހުންނަންވާނީ އޭނާ ވިދާޅުވި ގޮތުގައި އެބައެއްގެ ހިތުގެ އިލްހާސްތެރިކަމުގަ އެވެ.

ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހުރިހާ ފަރާތްތަކެއްގެ ވެސް އުއްމީދު ކަމަށާއި އެހެން ކަމުން އެ ޕާޓީން ރައްޔިތުންނަށް ގެއްލުންވާ ކަންކަމުގައި ވޯޓް ނުދެއްވާނެ ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމަށް މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރަންޖެހޭކަން ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސަށް ތާއިދެއް ނެތް ކަމަށެވެ. މަސީހް މަގާމުން ދުރުކުރަން، ޖުމްހޫރީ ޕާޓީގެ ތްރީލައިން ވިޕެއް ނެރުމަށް ވެސް ބާރު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު