Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީން

ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި އެއްކޮށް ޕީޕީއެމް މެންބަރުން ނުނިކުންނެވުމަށް ނިޒާރު ގޮވާލެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 04:19
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމްގެ މެންބަރުން ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދަޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ނިންމުން ކައުންސިލް އިންތިޚާބުން ފެނިގެން ހިނގައްޖެކަމަށެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ސިޔާސީ ކުރިމަގު ނިންމަވަންވީ ގޮތް މިހާރު އެ އޮތީ ސާފުވެފައިކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެބޭފުޅުން ކުރިމަގަށްޓަކައި ރަނގަޅު ވިސްނުމެއް ވިސްނަވާ ކަމަށް ވާނަަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އެއްކޮށް ނުނިކުންނަވާނެ ކަމަށް ނިޒާރު ވިދަޅުވިއެވެ.

ނިޒާރު ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި މިހާރު ސަރުކާރަށް މެޖޯރިޓީއެއް ނެތެވެ. އެކަން ދޭހަވާ ކޮށްދެނީ، ނިޒާރު ވިދާޅުވި ގޮތުގައި، ގަވާއިދުގައި ކަނޑައަޅާފައިވާ ތާރީހުގެ ކުރިން މަޖިލިސް ޗުއްްޓީއަށް ދިއުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ދެ ވަނަ ދައުރުގެ ޗުއްޓީ އަކީ މެއި މަހެވެ. ނަމަވެސް އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން މަޖިލީސް މިފަހަރު ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

މަޖިލިސް ހުއްޓިފައި އޮންނަނީ ކުރާނެކަމެއް ނެތިގެންކަމަށް ގަބޫލްނުކުރައްވާ ކަމަށާއި، އެހެން އެކަން ވެފައިވަނީ ސަރުކާރަށް މަޖިލީހުގެ ބާރު ނެތި ގޮސްފައިވާތީކަމަށް ނިޒާރު ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ސަބަބުން ޕީޕީއެމްގެ މަގުބޫލުކަން ގެއްލިފައިވާކަމަށެވެ. އެހެންކަމުން ޕީޕީއެމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޔާމީނާ ނުލާ ޕީޕީއެމް ކުރިއަށް ގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ހުރިހާ ޚިދުމަތްތަކެއްދީ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ހަމަހަމަކަންމަތީ ފޯރުކޮށްދިނުން ކަމަށް ވާއިރު، ކޮންކްރީޓުން ތަރައްގީ ގެނައުމަކީ ތަރައްގީ ކަމަށް ނުބެލެވޭނެ ކަމަށް ނިޒާރު ވިދަޅުވިއެވެ.

2018 ވަނަ އަހަރުގެ އިންތިޚާބަށް ރައީސް ޔާމީން ނުކުންނެވި ނަމަވެސް ކާމިޔާބު ވާނޭ އެއްވެސް ފޯމިއުލާއެއް ނެތްކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ކަންކަން ކުރަމުން ގެންދަނީ ގަދަބާރާއި ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ކާމިޔާބުވެއްޖެ ނަމަ މިހާރަށް ވުރެ ރައްޔިތުން ހާލުގައި ޖެހި ނޫސްވެރިން ކަސްދޮޅުއަޅާ، ރާއްޖެޓީވީއާއި އެހެނިހެން ޓީވީ ޗެނަލްތައް ބަންދުކުރާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު