Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ދިރާގު ޓީވީގެ ހިދުމަތުގައި ރާއްޖެ ޓީވީ އަލުން ހިމަނައިފި

2 ޖޫން 2017 | ހުކުރު 10:59

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޖޫން 2017 | ހުކުރު 10:59
ދިރާގު ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖޯއިބޮކްސް

ދިރާގު ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖޯއިބޮކްސް

ދިވެހިރާއްޖޭގައި ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭން ނިންމާފައިވާ ދިރާގު ޓީވީގެ ޚިދުމަތުގައި ރާއްޖެޓީވީ ހިމެނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދިރާގުން މިޚިދުމަތް ފެށީ ވެސް ރާއްޖެޓީވީ ހިމަނައިގެންނެވެ. ނަމަވެސް އޭރު އެކަން ކުރަމުން ދިޔައީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ނުވާތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިރާގު ޓީވީގައި ރާއްޖެޓީވީ ރައިޑްކުރުން ނިމުމަކަށް ގެނެސް، ޗެނަލްގެ އިސްތިހާރު ޕެކޭޖްތަކުން ވެސް ރާއްޖެޓީވީ ނެގުމަށް ރާއްޖެޓީވީން އެދުނެވެ. އަދި ރަސްމީ ގޮތެއްގައި ދިރާގު ޓީވީ ޚިދުމަތުގައި ރާއްޖެޓީވީ ހިމެނުމުގެ މަޝްވަރާތައް ދެ ފަރާތުން ފެށިއެވެ.

Advertisement - newsAdvertisement

މި މަޝްވަރާތަކަށް ފަހު ރާއްޖެ ޓީވީ އާއި ދިރާގާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއް ގާއިމުކުރެވިފައެވެ.

ރާއްޖެ ޓީވީއަކީ ރާއްޖޭގެ ފުރަތަމަ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޗެނަލެވެ. އަދި އެންމެ ފުރަތަމަ 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޗެނަލަކީ ވެސް ރާއްޖެ ޓީވީ އެވެ. ދިރާގު ޓީވީގެ ޚިދުމަތުން ރާއްޖެ ޓީވީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އުނިވެގެންދިޔުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިރާގު ޓީވީގެ ޙިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ލިބޭއިރު ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏެވެ.

އައިޕީޓީވީއަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ.

ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ.

މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް