Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގުން އެހީ ދިނުން

ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް

ކޮމްޕިއުޓާ ލެބަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖޫން 2017 | ހުކުރު 04:12
ކެއާސޮސައިޓީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ކެއާ ސޮސައިޓީ އަށް އެހީ ހަވާލުކޮށްދެއްވަނީ

ކެއާސޮސައިޓީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ކެއާ ސޮސައިޓީ އަށް އެހީ ހަވާލުކޮށްދެއްވަނީ

ކެއަރ ސޮސައިޓީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ހާއްސަކޮށްގެން ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ވަނީ ލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީ ލެބްގައި ބޭނުންކުރުމަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށްފައެވެ.

Advertisement - newsAdvertisement

ދިރާގު ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެޖަމިއްޔާގެ ވައިސް ޗެއާޕާރސަން އިސްމާއިލް އަދުހަމްއެވެ.

ދިރާގުން ބުނީ އިޖްތިމާއީ ޒިންމާގެ އެއްތަނބު ކަމަށްވާ މުޖްތަމައުގެ ދަށުން ކުޑަކުދިންގެ ތައުލީމާއި ސިއްހަތު އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަންތައްތައް ކަމަށެވެ. އަދި މިމޭރުމުން ކުރިން ވެސް ކުންފުނިން ވަނީ މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ހިންގުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

މީގެ އިތުރުން ވެސް، ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީ ވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު