Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން

ސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެ

3 ނޮވެމްބަރު 2018 | ހޮނިހިރު 06:58

މި ފެއަރ ކުރިއަށްދާނީ މިމަހުގެ 1 އިން 4 އަކަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ނޮވެމްބަރު 2018 | ހޮނިހިރު 06:58
ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގެ ތެރެއިން

ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގެ ތެރެއިން

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މަހުގެ 1 އިން 4 އަކަށް ބާއްވާ މި އެގްޒިބިޝަން ކުރިއަށްދަނީ ސްވިޓްޒަލޭންޑުގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ ލުގާނޯގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށްވާއިރު އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 4 ކުންފުންޏަކުން ވަނީ ބައިވެރިވިއެވެ.

މި އެގްޒިބިޝަންގައި ރާއްޖެ ތަމްސީލުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވަނީ އެމްއެމްޕީއާރސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިޘް މުޙައްމަދެވެ. މިއީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކައް ޢަމާޒުކޮށްގެން ސްވިޓްޒަލޭންޑުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް އެގްޒިބިޝަން ކަމަށާއި އަދި ޔޫރަޕުގެ އެންމެ މުހިއްމު އެއް ޓޫރިޒަމް ފެއަރ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

މި އެގްޒިބިޝަންގެ ތެރެއިން ރާއްޖޭގެ ސަޤާފަތާއި، ތާރީޙާ ގުޅޭ މަޢުލޫމާތުގެ އިތުރުން ދިވެހި ކެއުންތަކުގެ ރަހަތައް ސްޓޯލަށް ޒިޢާރަތްކުރާ ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މިފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ތަރުހީބެއްވެސް ލިބެމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ސްވިޓްޒަލޭންޑަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އެގޮތުން 32،651 ގިނަ ފަތުރުވެރިން ހަމައެކަނި ސްވިޓްޒަލޭންޑުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރގެ ނިޔަލަށް 22،151 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިއަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
18 ސެޕްޓެމްބަރު 2017

175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި

18 ސެޕްޓެމްބަރު 2017
175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް